Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހެކި ނެތިގެން ނަދީމާއެކު 7 މީހަކު ދޫކޮށްލައިފި

ހެކި ނެތިގެން ނަދީމާއެކު 7 މީހަކު ދޫކޮށްލައިފި

މުހައްމަދު ޖަމްޝަތު
99 ދުވަސް ކުރިން - 3 މާޗް 2026 15:06
މަސްތުވާތަކެތީގެ ބޮޑުންކަމަށް ތުހުމަތުކޮށް އައްޑޫން ފުލުހުން ހައްޔަރުކުރި ބައެއް މީހުން---
މަސްތުވާތަކެތީގެ ބޮޑުންކަމަށް ތުހުމަތުކޮށް އައްޑޫން ފުލުހުން ހައްޔަރުކުރި ބައެއް މީހުން---
ޚުލާސާ

ޕީޖީން ބުނީ ތަހުގީގު މުއްދަތު ހަމަވިއިރު ދައުވާ ކުރެވޭ ވަރަށް ހެކި ހޯދިފައި ނުވާކަމަށް

އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން ތުހުމަތުކުރި އަލީ ނަދީމް (މައިލޯ ނަދަމާ) އާއި އިތުރު ހަ މީހަކު، ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތިގެން ބަންދުން ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ލަފާދީފިއެވެ.

މި މީހުންނަކީ މި ސަރުކާރުން ހިންގި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ހައްޔަރުކުރި ބައެކެވެ.

ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މި މީހުންގެ މައްޗަށް ކުރެވުނު މައިގަނޑު ދެ ތުހުމަތަކީ ކުށް ކުރާ ޖަމާއަތެއްގައި ބައިވެރިވުމާއި މަނީ ލޯންޑްރިންގެ ތުހުމަތެވެ. ނަމަވެސް، ގާނޫނުގައި ތަހުގީގު ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ އެންމެ ދިގު މުއްދަތު އިއްޔެއަށް ހަމަވިއިރު، އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށް އެ އޮފީހުން ރޭ ވަނީ ބުނެފައެވެ.

Advertisement

Advertisement 1

މި މައްސަލައިގައި ދޫކޮށްލަން ނިންމި މީހުންގެ ތެރޭގައި ހިމެނެނީ:

  1. އަލީ ނަދީމް، ކޮންމުލި / ސ. ހިތަދޫ
  2. އިބްރާހީމް ސިރާޖް، ވެޔޮފެހެބުރުގެ / ސ. ހިތަދޫ
  3. ހަސަން އަލްފާފު، ދޮރުފޮތިމާގެ / ސ. ހިތަދޫ
  4. އަމީން މުހައްމަދު، ކެކުރިމާގެ / ސ. ހިތަދޫ
  5. ސަލާމް ސައީދު، ލޮބްސްޓަމް / ސ. ހިތަދޫ
  6. ހާފިޘް ފައުޒީ / ފަލާހް، ސ. ހިތަދޫ
  7. ޒަހްނާ އަހްމަދު، އަންބަރީގެ / ދ. ހުޅުދެލި

ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި ތަހުގީގުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްދިން ނަމަވެސް، އެކަށީގެންވާ ވަރަށް ތަހުގީގު ފުރިހަމަކުރެވިފައެއް ނުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރެވޭ މިންވަރަށް ހެކި ނުލިބިއްޖެނަމަ، ތަހުގީގީ އިދާރާއިން އެ މީހަކު ބަންދުން ދޫކޮށްލަން ޖެހެއެވެ. އެހެންކަމުން، ބަންދުގައި ތިބި މީހުން ދޫކޮށްލުމަށް ފުލުހުންނަށް މިހާރު ވަނީ ލަފާދީފައެވެ. ނަމަވެސް، އައު ހެކި ލިބިއްޖެ ހާލަތެއްގައި އަލުން ދައުވާކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހިމެނޭ އަލީ ނަދީމަކީ އައްޑޫގައި ހަރަކާތްތެރިވާ "މައިލޯ" ގްރޫޕުގެ އިސް މީހެއްގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ފަރާތެކެވެ. އޭނާގެ ބަންދުގެ މައްސަލަ މީގެ ކުރިން ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިދިޔަ މަހު ނިންމާފައިވަނީ އޭނާ ބަންދުގައި ބެހެއްޓީ ރަނގަޅަށް ކަމަށެވެ. އެހެންނަމަވެސް، ތަހުގީގު މުއްދަތު ހަމަވިއިރު ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން މިހާރު ވަނީ މި އެންމެން ދޫކޮށްލަން ޖެހިފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ގެ ވެރިޔާ, އަފްލާހުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

11 ދުވަސް ކުރިން - 17:47

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

31 ދުވަސް ކުރިން - 17:52

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ހަމަޖައްސައިފި

44 ދުވަސް ކުރިން - 23:06

ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަވަސްކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަސްކުރުމަށް އަންގައިފި

52 ދުވަސް ކުރިން - 17:32

މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހަކަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

މަސްތުވާތަކެއްޗާއި މަނީލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރުމީހަކަށް ދައުވާކުރަނީ

60 ދުވަސް ކުރިން - 22:07

ވީއައިއޭއިން ޑޮލަރު ފޭރުން: ފައިސާގެ ޖުމްލަ އަދަދު 1.9 މިލިއަންް ރުފިޔާއަށްވުރެ ގިނަ

ވީއައިއޭއިން ފޭރުނު ފައިސާގެ އަދަދު 1.9މިލިއަނަށް އަރާ

91 ދުވަސް ކުރިން - 22:15