Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިލަމާލެ ބްރިޖް މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖް މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

މަރްޔަމް މާޙީ
197 ދުވަސް ކުރިން - 3 މާޗް 2026 14:22
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

ސަރުކާރުން އަންދާޒާކުރާ ގޮތުގައި މުޅި މަޝްރޫއުގެ މަސައްކަތް 2027 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ

މާލެ ސަރަހައްދުގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖް މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަން ހާމަކޮށްފިއެވެ.

ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގު މި ކަނެކްޓިވިޓީ ލިންކުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާއިރު، ރަށްތަކުގެ މަތިން މި ލިންކް ހުރަސްކުރާނީ ކޯޒްވޭތަކަކުންނެވެ. އެގޮތުން ވިލިމާލެ އާއި ގުޅިފަޅުގައި ކޯޒްވޭ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގުޅިފަޅުގައި ކުރިއަށްދަނީ ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ ސަބް ބޭސްގެ މަސައްކަތެވެ. އަދި ތިލަފުށީގައި ބްރިޖާ ގުޅޭ ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ތަނބުތައް ގުޅާލުމަށް ޓަކައި އެ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.

Advertisement

Advertisement 1

ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1222 ސެގްމަންޓްގެ ތެރެއިން 80 އިންސައްތަ ސެގްމަންޓް ކާސްޓްކޮށް މިހާރު ވަނީ ނިމިފައެވެ. އަދި ބްރިޖްގެ ތަނބުތައް ގުޅާލުމުގެ މަސައްކަތުގެ ބޮޑުބައި ވެސް ވަނީ ނިމިފައެވެ.

ޖުމްލަ 500 މިލިޔަން ޑޮލަރު ހަރަދުވާ މި ބިޔަ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މުޅި މަޝްރޫއުގެ މަސައްކަތް 2027 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްތިލަމާލެ ބްރިޖު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ ހައުސިންގް ޔުނިޓު މަޝްރޫއުގެ 95.5% މަސައްކަތް ނިމިއްޖެ

ލ.ގަމުގެ ހައުސިންގް ޔުނިޓު މަޝްރޫއުގެ 95.5% މަސައްކަތް ނިމިއްޖެ

8 ދުވަސް ކުރިން - 18:05

ފްލެޓާއި ގޯތި ފޯމުގެ މައުލޫމާތު އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

13 ދުވަސް ކުރިން - 12:50

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

17 ދުވަސް ކުރިން - 20:10

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

17 ދުވަސް ކުރިން - 19:49

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

20 ދުވަސް ކުރިން - 10:02

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

21 ދުވަސް ކުރިން - 23:42