Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޯދަމަހު ގެސްޓްރިކް އުނދަގޫތަކުން ސަލާމަތްވާނީ ކިހިނެއް?

ރޯދަމަހު ގެސްޓްރިކް އުނދަގޫތަކުން ސަލާމަތްވާނީ ކިހިނެއް?

މަރްޔަމް މާޙީ
144 ދުވަސް ކުރިން - 4 މާޗް 2026 01:11
ލިޔުމުގައިވާ މައުލޫމަތު ބޭނުންކޮށްގެން އޭއައި އިން އުފައްދާފައިވާ ފޮޓޯއެއް---
ލިޔުމުގައިވާ މައުލޫމަތު ބޭނުންކޮށްގެން އޭއައި އިން އުފައްދާފައިވާ ފޮޓޯއެއް---
ޚުލާސާ

ބަނޑުގެ އުނދަގޫތަކާހުރެ އަޅުކަމަށް ހުރަސް އެޅުނަ ނުދޭށެވެ. ކެއުމުގައި މެދުމިނުގެ، ލުއި އަދި ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ބޭނުންކުރުމުން، މުޅި މަސް ދުވަހު ހަށިގަނޑު ތާޒާކަންމަތީގައި ބެހެއްޓޭނެ!

ރަމަޟާން މަހު ރޯދައަށް ހުރުމަކީ އާންމުކޮށް ކައިބޮއި އުޅޭ ގޮތަށް ބޮޑު ބަދަލެއް އަންނަ ކަމެކެވެ. ގިނަ ވަގުތުތަކެއް ވަންދެން ނުކައި ހުރުމަށްފަހު ރޯދަވީއްލާ ގަޑީގައި ބަރު ކާނާ ކެއުމުން، ބަނޑު ފިއްތާ ގޭސް އުފެދުން ފަދަ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެއެވެ. ނަމަވެސް، ކެއުމުގައި ބައެއް ކަންކަމަށް ސަމާލުކަން ދީގެން މި އުނދަގޫތަކުން ދުރުވެ، އަރާމުގައި ރޯދަ ހިފިދާނެއެވެ.

ރަމަޟާން މަހު ބަނޑުގައި ގޭސް އުފެދުމުން ރައްކާތެރިވުމަށް:

1. ރޯދަވީއްލާއިރު ލުއިކޮށް ފެށުން: ސުންނަތާ އެއްގޮތަށް ރޯދަވީއްލާއިރު ކުދުރު, ކުރުނބާ ނުވަތަ ފެނާއެކު ބޭނުންކުރާށެވެ. މިއީ ބަނޑަށް ލުއި އަދި ބަރު ކާނާ ކެއުމުގެ ކުރިން ހަޖަމުކުރުމުގެ ނިޒާމު ތައްޔާރުކޮށްދޭ ކަމެކެވެ.

Advertisement

Advertisement 1

2. ފަސޭހައިން ހަޖަމުވާ ކާނާ އިހްތިޔާރުކުރުން: ބަނޑަށް ލުއި، ސާދާ ކާނާތައް ބޭނުންކުރުން މުހިންމެވެ. މިސާލަކަށް:

  1. ތަރުކާރީ ސޫޕް
  2. އޯޓްސް
  3. ފެނުކެއްކި ބަތް
  4. ފިހުނު ކުކުޅު ނުވަތަ މަސް
  5. މަޑުގިނީގައި ކެއްކި ތަރުކާރީ

މިއީ ރޯދަވީއްލާ ގަޑީގައި އާންމުކޮށް ބޭނުންކުރާ ތެޔޮ ގިނަ ކާނާތަކަށްވުރެ ބަނޑަށް ފަސޭހަ ތަކެއްޗެވެ.

3. ޕްރޮބަޔޮޓިކްސް ބޭނުންކުރުން: ޔޯގަޓާއި ލަބަން އަކީ ހަޖަމުކުރުމަށް އެހީތެރިވެދޭ ރަނގަޅު ބެކްޓީރިއާ އެކުލެވޭ އެއްޗިއްސެވެ. ހާރު ގަޑީގައި ނުވަތަ ރޯދަވީއްލުމަށްފަހު ޔޯގަޓް ބޭނުންކުރުމަކީ ބަނޑު ފިއްތުމުން ދުރުކޮށްދޭނެ ކަމެކެވެ.

4. ގޭސް ނޫފެދޭ މޭވާ ބޭނުންކުރުން: ދޮންކެޔޮ، ފަޅޯ، ކަރާ އަދި އޮރެންޖަކީ އާންމުކޮށް ބަނޑަށް ލުއި މޭވާތަކެކެވެ. ޚާއްޞަކޮށް ފަޅޯ ބޭނުންކުރުމުން ހަޖަމުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.

5. ފެން ބުއިން(ލަސްލަހުން): ރޯދަވީއްލުމާއި ހާރާ ދެމެދު ގިނައިން ފެން ބޯންވާނެއެވެ. ނަމަވެސް އެއްފަހަރާ މާގިނަ ފެން ބުއިމުގެ ބަދަލުގައި ލަސްލަހުން ބޯށެވެ. މިއީ ބަނޑުގެ ތެރެއަށް ވައި ވަނުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

މަދުކުރަންޖެހޭ ކާނާ:

  1. ތެލުލި ތަކެތި (ބަޖިޔާ، ބޯކިބާ ފަދަ ތަކެތި)
  2. ގޭސް ހުންނަ ބުއިންތައް (ސޮފްޓް ޑްރިންކްސް)
  3. މާ ގިނައިން މުގު ނުވަތަ ތޮޅީގެ ބާވަތްތައް ކެއުން
  4. ކެފޭއިން (ސައި ނުވަތަ ކޮފީ) މާގިނައިން ބުއިން

ގިނަ އިރު ރޯދައަށް ހުރުމަށްފަހު މާ އަވަސްއަރުވާލައިގެން ކެއުމަކީވެސް ގޭސް އުފެދޭ ކަމެކެވެ. އެހެންކަމުން ކާނާ ރަނގަޅަށް ހަފާލައިގެން މަޑުމަޑުން ކެއުމަށް ސަމާލުކަން ދޭށެވެ.

ރަމަޟާން މަހަކީ ރޫޙާނީ ކަންކަމަށް އިސްކަންދޭ މަހެކެވެ. ބަނޑުގެ އުނދަގޫތަކާހުރެ އަޅުކަމަށް ހުރަސް އެޅުނަ ނުދޭށެވެ. ކެއުމުގައި މެދުމިނުގެ، ލުއި އަދި ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ބޭނުންކުރުމުން، މުޅި މަސް ދުވަހު ހަށިގަނޑު ތާޒާކަންމަތީގައި ބެހެއްޓުމަށް އެހީތެރިވެދޭނެއެވެ.

ސައިންސްސިއްހަތުރޯދަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

62 ދުވަސް ކުރިން - 10:58

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

74 ދުވަސް ކުރިން - 20:27

ބާލީހަށް ކުޅުދިޔުމަކީ ސިއްހީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

ބާލީހަށް ކުޅުދިޔުމަކީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

91 ދުވަސް ކުރިން - 20:58

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު: މެޑަމް ސާޖިދާ

"ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު"

110 ދުވަސް ކުރިން - 13:18

ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: މިނިސްޓަރު ނާޒިމް

"ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ އަމާޒެއް"

110 ދުވަސް ކުރިން - 12:56

ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ރައީސް

"ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ"

110 ދުވަސް ކުރިން - 12:35