Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފްލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ވަޒީފާގެ މުއްދަތަށް ބޮޑު ލުޔެއް ދީފި

ފްލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ވަޒީފާގެ މުއްދަތަށް ބޮޑު ލުޔެއް ދީފި

މުހައްމަދު ޖަމްޝަތު
180 ދުވަސް ކުރިން - 2 މާޗް 2026 16:24
ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް---ފޮޓޯ: ރައިސް އޮފީސް
ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް---ފޮޓޯ: ރައިސް އޮފީސް
ޚުލާސާ

ހާއްސަ ކެޓަގަރީއަށް ޝަރުތު ހަމަވުމަށްޓަކައި ކުރިން އޮތް 5 އަހަރުގެ މުއްދަތު މިހާރު ވަނީ 1 އަހަރު ދުވަހަށް ކުރުކޮށްފަ

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން، ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ޝަރުތުތަކަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ހައުސިން މިނިސްޓްރީން ގެނައި މި ބަދަލުތަކުގެ ތެރޭގައި ވަޒީފާގެ މުއްދަތާއި، ފްލެޓު ލިބުމަށްފަހު ހިދުމަތްކުރަންޖެހޭ މުއްދަތުގެ އިތުރުން، ހާއްސަ އިސްކަންދޭ އިދާރާތަކުގެ ލިސްޓަށް އާ މުއައްސަސާއެއް ވަނީ އިތުރުކޮށްފައެވެ.

ވަޒީފާގެ މުއްދަތަށް ގެނެވުނު ބަދަލާއެކު، ހާއްސަ ކެޓަގަރީއަށް ޝަރުތު ހަމަވުމަށްޓަކައި ކުރިން އޮތް 5 އަހަރުގެ މުއްދަތު މިހާރު ވަނީ 1 އަހަރު ދުވަހަށް ކުރުކޮށްފައެވެ. އެގޮތުން، ހާއްސަ އިސްކަންދެވޭ އިދާރާއެއްގައި މެދުނުކެނޑި ވޭތުވެދިޔަ އެއް އަހަރު ފުލް-ޓައިމް ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކަށް މިހާރު އެ ކެޓަގަރީން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Advertisement

Advertisement 1

ފްލެޓު ލިބުމަށްފަހު އެ އިދާރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތްކުރުމަށް ކުރިން އޮތް އިގުރާރުގެ ބަދަލުގައި، މިހާރު ހަމަޖެހިފައިވަނީ ބޯހިޔާވަހިކަން ހަވާލުކުރާ ތާރީހުން ފެށިގެން އެ އިދާރާއަކުން ނުވަތަ މުއައްސަސާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ވަޒީފާ އަދާކުރުމަށް އެއްބަސްވާންޖެހޭ ގޮތަށެވެ.

މީގެ އިތުރުން، ހާއްސަ އިސްކަންދެވޭ އިދާރާތަކުގެ ލިސްޓަށް (ކެޓަގަރީ 6 ގެ ދަށުން) ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (CMDA) ވަނީ އަލަށް އިތުރުކުރެވިފައެވެ.

މިނިސްޓްރީން ބުނީ މކ ބަދަލުތަކަކީ ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގެނެވުނު ބަދަލުތަކެއް ކަމަށެވެ.

އެ މިނިސްޓްރީން މިހާރު ވަނީ، "ބޯހިޔާވަހިކަން އެންމެންނަން" ސްކީމްގެ ދަށުން، ގޯއްޗާއި ފްލެޓަށް ފޯމު ހުށައެޅޭ މުއްދަތުވެސް އިތުރުކޮށްފައެވެ. އެގޮތުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އޭޕްރިލް މަހުގެ 30ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްއެންމެނަށް ބޯހިޔާވަހިކަން ސްކީމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

4 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

5 ދުވަސް ކުރިން - 23:03

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ސްޓޭޓް މިނިސްޓަރު ނާޒިމް

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ!

6 ދުވަސް ކުރިން - 12:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

7 ދުވަސް ކުރިން - 13:47

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

25 ދުވަސް ކުރިން - 00:38

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

34 ދުވަސް ކުރިން - 13:55