Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ ގްރޮސް ރިޒާވުގައި 1.7 ބިލިއަން ޑޮލަރު އެބަހުރި، މިއީ ތާރީހީ ރެކޯޑެއް: ރައީސް

ރާއްޖޭގެ ގްރޮސް ރިޒާވުގައި 1.7 ބިލިއަން ޑޮލަރު އެބަހުރި، މިއީ ތާރީހީ ރެކޯޑެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު
146 ދުވަސް ކުރިން - 2 މާޗް 2026 11:02
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

ގްރޮސް ރިޒާވް މިހާރު ހުރި މިންވަރަކީ މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ ރިޒާވް މައްޗަށް ނުދާ މިންވަރެއްގެ ރެކޯޑު އަދަދެއްކަން ރައީސް ފާހަގަކުރެއްވި.

ރާއްޖޭގެ ގްރޮސް ރިޒާވް 1.7 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުގައިވެސް ރިޒާވް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން ގްރޮސް ރިޒާވް މިހާރު ހުރި މިންވަރަކީ މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ ރިޒާވް މައްޗަށް ނުދާ މިންވަރެއްގެ ރެކޯޑު އަދަދެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ސުކޫކު ޕޭމަންޓާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ބޭރުގެ ދަރަނިތައް ދެއްކުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން ސުކޫކު ޕޭމަންޓުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި މިވަގުތުވެސް 650 މިލިއަން ޑޮލަރު ތައްޔާރުކުރެވިފައި އެބަހުރި ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

Advertisement

Advertisement 1

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ހަރުދަނާކޮށް، ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ހޯދުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި ރިޒާވް މިހާ މަތީ މިންވަރެއްގައި ހިފެހެއްޓުމަކީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްއިގްތިސޯދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

16 މިނެޓު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

40 މިނެޓު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

1 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

17 ގަޑިއިރު ކުރިން - 20:04

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08