Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސުކޫކަށް ދައްކަންޖެހޭ ފައިސާ މިވަގުތު ދައްކަން ޖެހުނަސް އެކަމަށް ފައިސާ އެބަހުރި: ރައީސް

ސުކޫކަށް ދައްކަންޖެހޭ ފައިސާ މިވަގުތު ދައްކަން ޖެހުނަސް އެކަމަށް ފައިސާ އެބަހުރި: ރައީސް

އައިޝަތު ރުވާ ރިފްޢަތު
191 ދުވަސް ކުރިން - 2 މާޗް 2026 10:35
ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ---
ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ---
ޚުލާސާ

ރައީސް ވިދާޅުވީ އޭޕްރީލް މަހު ދައްކަން ޖެހޭ ސުކޫކު ޕޭމަންޓު ތާރީހަށް ސަރުކާރުން ދައްކާނެ ކަމަށާއި، މުޅި ޖުމްލަ އެކަމަށް 650 މިލިއަން ޑޮލަރު ރައްކާކޮށްފައިވާ ކަމަށް.

ދައުލަތުން ސުކޫކަށް ދައްކަންޖެހޭ ފައިސާ މިވަގުތު ދައްކަން ޖެހުނު ކަމުގައިވީ ނަމަވެސް، އެ ފައިސާ ދެއްކުމުގެ ގާބިލުކަން ސަރުކާރުގައި އެބަހުރި ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ ސުކޫކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ސަރުކާރުން ވަނީ ފުރިހަމަކޮށްފައި ކަމަށެވެ.

"ސުކޫކަށް ދައްކަންޖެހޭ ފައިސާ މިވަގުތު ދައްކަން ޖެހުނަސް އެ ފައިސާ ދެއްކުމުގެ ފުރިހަމަ ގާބިލުކަން ސަރުކާރުގައި އެބަހުރި. އެކަމަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް އޮތް އިތުބާރު ބޮޑުވަމުންދާ ކަމަށެވެ. އަދި ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ރާއްޖޭގެ މާލީ ނިޒާމު އޮތީ ހަރުދަނާކޮށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އޭޕްރީލް މަހު ދައްކަން ޖެހޭ ސުކޫކު ޕޭމަންޓު ތާރީހަށް ސަރުކާރުން ދައްކާނެ ކަމަށާއި، މުޅި ޖުމްލަ އެކަމަށް 650 މިލިއަން ޑޮލަރު މިވަގުތު ވެސް ރައްކާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންދިއުން ކަމަށެވެ. މިގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުނޫސްވެރިންރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05