ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން، ރައީސްގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މާދަމާ ބާއްވަނީ

އައިޝަތު ރުވާ ރިފްޢަތު | 1 ގަޑިއިރު ކުރިން - 1 މާރިޗް 2026 00:19
ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއީ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން، ކޮންމެ ހޯމަ ދުވަހަކު ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާފައިވާ ވައުދާ އެއްގޮތަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާ މިއަހަރުގެ ފުރަތަމަ ރަސްމީ ޕްރެސް ކޮންފަރެންސް މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

Ad

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ހާމަކުރައްވާފައިވާ ގޮތުގައި، މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މިއީ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން، ކޮންމެ ހޯމަ ދުވަހަކު ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.

ސަރުކާރުގެ ހާމަކަން ބޮޑުކުރުމުގެ ސިޔާސަތުގެ ދަށުން، ވަޒީރުން ބާއްވާ ސިލްސިލާ ޕްރެސް ކޮންފަރެންސްތައް ވެސް މިއަދު ވަނީ ފަށާފައެވެ. މި ބައްދަލުވުންތަކުގެ މަގްސަދަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީވުމެވެ.

މާދަމާ އޮންނަ ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ކޮންފަރެންސްގައި، ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި ކުރިއަށް ހުރި މަޝްރޫއުތަކާ ގުޅޭގޮތުން އެމަނިކުފާނު މައުލޫމާތު ދެއްވާނެ ކަމަށް ބެލެވެއެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%