Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާޔަތުالله ޚާމަނާއީ އަވަހާރަކޮށްލުމުން އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް ވާނީ ކޮން ބޭފުޅެއް؟

އާޔަތުالله ޚާމަނާއީ އަވަހާރަކޮށްލުމުން އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް ވާނީ ކޮން ބޭފުޅެއް؟

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
149 ދުވަސް ކުރިން - 1 މާޗް 2026 19:04
އީރާނުގެ ސްޕްރީމް ލީޑަރު ޚާމަނާއީ: އަވަހާރަކޮށްލީ ހޮނިހިރު ދުވަހު
އީރާނުގެ ސްޕްރީމް ލީޑަރު ޚާމަނާއީ: އަވަހާރަކޮށްލީ ހޮނިހިރު ދުވަހު
ޚުލާސާ

އީރާނުގެ ލީޑަޝިޕުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އައު ސުޕްރީމް ލީޑަރަކު އިންތިޚާބުކޮށް ވެރިކަމުގެ ނިޒާމު ކުރިއަށް ދަނީ އަމާން، އޮމާންކޮށް ކަން ރައްޔިތުންނަށް ދެއްކުމަށް

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނަށް ކުރިމަތިވެފައިވާ އެންމެ މުހިއްމު އެއްކަމަކީ އައު ސުޕްރީމް ލީޑަރަކު ހޮވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމެވެ.

އިސްލާމީ ޖުމްހޫރިއްޔާ، އިރާނުގެ އެންމެ އިސްވެރިއަކަށް ޚާމަނާއީ ހުންނަވާތާ މިހާރު ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ވެއްޖެއެވެ. އެމެރިކާއާއި އިޒުރޭލުން ހޮނިހިރު ދުވަހު އީރާނަށް ދިން އިންސާފެއް ނެތް އަނިޔާވެރި ހަމަލާގައި ޚާމަނާއީ އަވަހާރަވީ އިރު އޭނާގެ ނައިބަކަށް އެއްވެސް ބޭފުޅަކު ޢައްޔަން ކުރައްވާފައެއް ނުވެއެވެ.

އީރާނުގެ ގާނޫނުއަސާސީގައިވާ ގޮތުން އާ ސުޕްރީމް ލީޑަރު އިންތިޚާބު ކުރަނީ އިސް އިލްމުވެރިންގެ އިންތިޚާބީ ޖަމާއަތެއް ކަމަށްވާ 88 މެމްބަރުންގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިންނެވެ.

Advertisement

Advertisement 1

އެކަން އީރާނުން އެންމެ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ 1979 ވަނަ އަހަރު އިސްލާމީ އިންގިލާބުގެ ފަހުން، އިންގިލާބުގެ ބާނީ އާޔަތުالله ރޫހުالله ޚުމޭނީ އަވަހާރަވުމުން އާ ލީޑަރަކަށް އާޔަތުالله ޢަލީ ޚާމަނާއީ އިންތިޚާބު ކުރުމަށެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން އާޔަތުالله ޚާމަނާއީ ހޮނިހިރު ދުވަހު، ޝަހީދުވިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ތަޙުލީލު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އީރާނުގެ ލީޑަޝިޕުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އައު ސުޕްރީމް ލީޑަރަކު އިންތިޚާބުކޮށް ވެރިކަމުގެ ނިޒާމު ކުރިއަށް ދަނީ އަމާން، އޮމާންކޮށް ކަން ރައްޔިތުންނަށް ދެއްކުމަށެވެ. ނަމަވެސް ގައުމުގެ ސަލާމަތީ ހާލަތާއި ދުޝްމަން އެމެރިކާއާއި އިޒުރޭލުގެ ނުރައްކާ އިންތިހާއަށް ކުރިމަތިވެފައިވާ މިދަނޑިވަޅު، ތަޖުރިބާކާރުންގެ މަޖިލީހެއް ބާއްވަން ވެސް ގޮންޖެހުމަކަށް ވެދާނެކަމަށް ބަލަންޖެހެއެވެ.

އީރާނުގެ ގާނޫނުއަސާސީގައި ވާގޮތުން އައު ސްޕްރީމް ލީޑަރަކަށް ވާން ޖެހޭނީ ފިރިހެނެކެވެ. ޝީޢީ ޢިލްމުވެރިއެކެވެ. ސިޔާސީ ވިސްނުމާއި އަޚްލާޤީ ބާރުވެރިއެއްގެ އިތުރުން އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް މުޅިން ވަފާތެރި ވެރިއަކަށް ވާން ޖެހޭނެއެވެ.

އާ ސްޕްރީމް ލީޑަރަކަށް ވާނެ ކެންޑިޑޭޓުންގެ ތެރޭގައި ތިރީގައި މިދަންނަވާ ނަންތައް ދައުރުވަމުން އެބަދެއެވެ.

މުޖްތަބާ ޚާމަނާއީ

މުޖްތަބާ ޚާމަނާއީ އަކީ ސުޕްރީމް ލީޑަރުގެ ދެވަނަ ދަރިކަލުންނެވެ. އޭނާ މަޝްހޫރު ވެފައިވަނީ މަންޒަރުގެ ފަހަތުން ނުފޫޒު ފޯރުއްވަވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ އަކީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއި ބަސީޖު މިލިޝިއާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށް ބުނެވެއެވެ. ނަމަވެސް އީރާނުގައި ޚާއްޞަކޮށް ރަސްކަން ނިމުމުން އުފެދުނު ނިޒާމުގައި ވިރާސީ ވަލީވެރިކަމުގެ ތަޞައްވުރަކީ މޫނު ބުރުގާ އަޅާފައިވާ ތަޞައްވުރެކެވެ.

މުޖްތަބާ ޚާމަނާއީ ސަރުކާރުގެ މަތީ މަގާމެއް ފުރުއްވާފައެއް ނުވެއެވެ.

އާޔަތުالله ޢަލީ ރިޟާ އިޢުރާފީ

ޢަލީ ރިޟާ އިޢުރާފީ އަކީ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ޑެޕިއުޓީ ޗެއާމަންގެ އިތުރުން އިންތިޚާބީ ކެންޑިޑޭޓުންނާއި މަޖިލީހުގެ ގާނޫނުތައް އެކުލަވައިލައްވާ ގާޑިއަން ކައުންސިލްގެ ކުރީގެ މެމްބަރެކެވެ. އަދި އީރާނުގެ ދީނީ މަހާސިންތާތަކުގެ އިސްވެރިޔާ ވެސް މެއެވެ. އޭނާއަކީ އިދާރީ ހުނަރުގެ ބޭފުޅެއްކަމަށާއި ޚާމަނާއީގެ ސިއްރުވެރިއެއްގެ ގޮތުގައި ބެލެވުނު ބޭފުޅެކެވެ. ނަމަވެސް ސަލާމަތީ ދާއިރާގައި އޭނާގެ ނުފޫޒު ކުޑަ ކަމަށް ބެލެވެއެވެ

މުޙައްމަދު މަހުދީ މީރުބާޤީރީ

މުޙައްމަދު މަހުދީ މީރުބާޤީރީ އަކީ ހަރުކަށި ދީނީ ޢިލްމުވެރިއެކެވެ. ތަޖުރިބާކާރުންގެ މަޖިލީހުގެ މެންބަރެކެވެ. އޭނާއަކީ ދީނީ އަދި ފިކުރީ ދައުރުތަކުގައި ކޮންޒަވޭޓިވް ފެކްޝަންގެ މަންދޫބެއްގެ ގޮތުގައި ބެލެވޭ ބޭފުޅެކެވެ. އޭނާއަކީ ހުޅަނގާއި ދެކޮޅު ވިސްނުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބޭފުޅެކެވެ. އަދި ޤުމްގައި ހުންނަ އިސްލާމިކް ސައިންސަސް އެކަޑަމީގެ އިސްވެރިއެކެވެ.

ޙަސަން ޚުމޭނީ

ޙަސަން ޚުމޭނީ އަކީ އިންގިލާބީ އަދި ދީނީ ގުޅުންތަކެއްގެ ވެރިއެކެވެ. އިންގިލާބުގެ ބާނީ އާޔަތުالله ރޫޙުالله ޚުމޭނީގެ ކާފަދަރިކަލެކެވެ. ސަރުކާރުގެ މާބޮޑު މަގާމެއް އޭނާ ފުރުއްވާފައެއް ނުވެއެވެ. އޭނާއަކީ ނިސްބަތުން މެދުމިނުގެ ވިސްނުންތަކެއްގެ ވެރިއެއް ކަމަށް ބެލެވޭއިރު، 2016 ވަނަ އަހަރު ބޭއްވި ތަޖުރިބާކާރުންގެ މަޖިލިސް އިންތިހާބުގައި ބައިވެރިވަޑައިގަތުމުގެ ހުއްދަ އޭނާއަކަށް ލިބިވަޑައިނުގަންނަވައެވެ.

ހާޝިމް ޙުސެއިނީ ބޫޝެހްރީ

ހާޝިމް ޙުސެއިނީ ބޫޝެހްރީ އަކީ ތަޖުރިބާކާރުންގެ މަޖިލީހުގެ ފުރަތަމަ ނައިބު ރައީސް ކަމާއި ވަލީވެރިކަމުގެ މަރުހަލާއާ ގުޅުން ހުރި މުއައްސަސާތަކުގައި މުހިންމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ޚާމަނާއީއާ އަރިސް ބޭފުޅެއް ކަމަށް ބެލެވުނު ނަމަވެސް އޭނާގެ އާންމު ގުޅުންތައް ހުންނަ ގޮތުން ރިވޮލިއުޝަނަރީ ގާޑްސްއާ ވަރުގަދަ ގުޅުމެއް އޮތް ކަމަށް ބެލެވޭ ބޭފުޅެއް ނޫނެވެ.

އެމެރިކާއާއި އިޒުރޭލުގެ އަނިޔާވެރިކަމާ ގުޅިގެން މިއީ އީރާނަށް ވަރަށް ނުރައްކާތެރި ދަނޑިވަޅެކެވެ. ނަމަވެސް އީރާނުން ދަނީ ރައްޔިތުންނާއި ގައުމާއި ވެރިކަން ދިފާއުކުރުމަށް ވަރުގަދަ ޖިހާދެއް ކުރަމުންނެވެ.

އީރާންއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެހަފްތާތެރޭ އެމެރިކާގެ ހަނގުރާމަމަތީ 11 މަތިންދާބޯޓު ހަލާކުކޮށްލައިފިން - އީރާން

ދެހަފްތާތެރޭ އެމެރިކާގެ ހަނގުރާމަމަތީ 11 މަތިންދާބޯޓު ހަލާކުކޮށްލައިފިން - އީރާން

4 ގަޑިއިރު ކުރިން - 11:16

އީރާނުގެ ބޯޓަކަށް ހަމަލާ ދިނުމަށް ފަހު، ޔުކްރޭނުން މާފަށް އެދިއްޖެ!

އީރާނުގެ ބޯޓަކަށް ހަމަލާ ދިނުމަށް ފަހު، ޔުކްރޭނުން މާފަށް އެދިއްޖެ!

8 ގަޑިއިރު ކުރިން - 06:48

އީރާނުން 350 މަދަނީ މުވައްޒަފުން މަރުވެ، ބޫޝެހްރު އެއާޕޯޓު ބަންދުކޮށްފި

އީރާނަށުން 350 މަދަނީ މުވައްޒަފުން މަރުވެ، ބޫޝެހްރު އެއާޕޯޓު ބަންދުކޮށްފި

1 ދުވަސް ކުރިން - 13:11

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

1 ދުވަސް ކުރިން - 02:21

ބޮން އެޅުން ހުއްޓާލީ ކީއްވެ؟ އެމެރިކާގެ މިސައިލްތައް ހުސްވަނީތަ؟

ބޮން އެޅުން ހުއްޓާލީ ކީއްވެ؟ އެމެރިކާގެ މިސައިލްތައް ހުސްވަނީތަ؟

1 ދުވަސް ކުރިން - 17:05

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

4 ދުވަސް ކުރިން - 16:04