ހަނގުރާމަ ކުށްވެރިކޮށް ސުލްހަވުމަށް ދިވެހިރާއްޖެއިން ގޮވާލައިފި

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 28 ފެބްރުއަރީ 2026 00:58
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް. / ފޮޓޯ ޚުލާސާ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް. / ފޮޓޯ ޚުލާސާ
ޚުލާސާ

ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށްޓަކައި، ބައިނަލްއަގުވާމީ ގާނޫނުތަކަށާއި އދ. ގެ ޗާޓަރަށް ފުރިހަމައަށް ބޯލަނބައި، ހުރިހާ ގައުމުތަކެއްގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމްކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައި.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ އަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސުލްހައަށް އިސްކަންދިނުމަށް ގޮވާލައިފި އެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގައި މަސްރަހު ގޯސްވެ، ހަނގުރާމައިގެ އަމަލުތައް އިތުރުވަމުންދާތީ އެކަމާ ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަކުން ހިންގާ ހަމަލާ ބަދަލުކުރުންތަކާއި އަނިޔާވެރި އަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކުރާ ކަމަށްވެސް މި ބަޔާނުގައިވެ އެވެ.

ދިވެހި ސަރުކާރުން ވަނީ މަސްރަހު ފިނިކުރުމަށާއި، ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ބާރުއަޅާފަ އެވެ. އަދި ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށްޓަކައި، ބައިނަލްއަގުވާމީ ގާނޫނުތަކަށާއި އދ. ގެ ޗާޓަރަށް ފުރިހަމައަށް ބޯލަނބައި، ހުރިހާ ގައުމުތަކެއްގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމްކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން، މައްސަލަތައް ހައްލުކުރުމުގައި ސުލްހަވެރި މަގު އިހުތިޔާރުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާކަން ހާމަކުރައްވަމުން، ސަރަހައްދީ އަދި ދުނިޔޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން، އިސްލާމީ އުންމަތުގެ ސުލްހައާއި ދުނިޔޭގެ އަމާންކަމަށް ވަކާލާތުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%