އިސްރާއީލާއި އެމެރިކާ އިން އީރާނަށް ޙަމަލާ ދިނުމުން ރައްދުގައި އީރާނުން އިސްރާއީލަށް ބެލިސްޓިކް މިސައިލް ފޮނުވަން ފަށައިފިއެވެ.
އީރާނުން އިސްރާއީލާއި ދިމާއަށް މިސައިލް ފޮނުވާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިންމާއި އީރާނުގެ ދައުލަތުގެ މީޑިއާތަކުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
އިސްރާއީލުގެ ވައިގެ ސަރަޙައްދު މިހާރު ވަނީ ބަންދުކޮށްފައެވެ.
އީރާނުގެ ޙަމަލާތައް ހުއްޓުވުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ދަނީ އިސްރާއީލުގެ ކައިރީގައި ޙަރަކާތްތެރި ވަމުންނެވެ.









