
ޕަކިސްތާނުން އަފްޣާނިސްތާނަށް ޙަމަލާ ދެނީ
ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރުގައި ރޭއްސުރެ ކުރަމުންދާ ހަނގުރާމަ އަށް 24 ގަޑި ވީއިރު 300 އާއި ގާތްކުރާ ޢަދަދަކަށް މީހުން މަރުވެއްޖެއެވެ.


ޕާކިސްތާނުން ބުނާ ގޮތުގައި އެމީހުންގެ ސިފައިންގެ ތެރެއިން 12 މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، ކޯޑިނޭޓްކޮށްގެން ވައިގެ މަގުން ދިން ޙަމަލާ ތަކުގައި ޠާލިބާނުގެ 274 މީހުން ވަނީ މަރާލާފައެވެ.
އަފްޣާނިސްތާނުގެ މަސްދަރުތަކުން ބުނާ ގޮތުގައި އެ މީހުންގެ އަސްކަރިއްޔާ އިން ވަނީ ޕާކިސްތާނުގެ 55 ސިފައިން މަރާލާފައެވެ.








