އެހީގެ ސާމާނު ހިފައިގެން 200 ބޯޓުގެ ގާފިލާއެއް ޣައްޒާ އަށް ދާން ނިންމައިފި

ހުސައިން އިސްމާއިލް | 9 ގަޑިއިރު ކުރިން - 27 ފެބްރުއަރީ 2026 17:23
ކުއްލި ޚަބަރު: އެހީގެ ސާމާނު ހިފައިގެން 200 ބޯޓުގެ ގާފިލާއެއް ޣައްޒާ އަށް ދާން ނިންމައިފި
ކުއްލި ޚަބަރު: އެހީގެ ސާމާނު ހިފައިގެން 200 ބޯޓުގެ ގާފިލާއެއް ޣައްޒާ އަށް ދާން ނިންމައިފި
ޚުލާސާ

ދަތުރު ހަމަޖެހިފައި ވަނީ ސްޕެއިން، އިޓަލީ އަދި ޓިއުނީޝިއާ ހިމެނޭ ގޮތަށް މެޑިޓެރޭނިއަންގެ ބައެއް ބަނދަރުތަކުން އެޕްރީލް 12 ވަނަ ދުވަހު

ޣައްޒާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ އެކްޓިވިސްޓުން ހިމެނޭ ގޮތަށް 200 އުޅަނދުގެ ގާފިލާ އެއް، ކާނާ އާއި އެހީގެ ސާމާނު ހިފައިގެން ޣައްޒާ އަށް ވަންނާނެ ކަމަށް އިޢުލާން ކޮށްފިއެވެ.

ސްޕެއިން، އިޓަލީ އަދި ޓިއުނީޝިއާގެ ލޮކޭޝަންތައް ހިމެނޭ ގޮތަށް މެޑިޓެރޭނިއަންގެ ބައެއް ބަނދަރުތަކުން ކުރިޔަށްދާ މި ދަތުރު ރާވާފައި ވަނީ 12 އޭޕްރީލް ގައި ކަމަށާއި މިއީ "ފްރީޑަމް ފްލޮޓިއްލާ" ގެ ނަމުގައި ކުރިޔަށްދާ ކެމްޕޭނެއް ކަމަށް އެ ޖަމާޢަތުމް ބުންޏެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި ވެސް ގްލޯބަލް ޞުމޫދު ފްލޮޓިއްލާ އިން ވަނީ އިސްރާއީލުގެ ކަނޑުގެ ސިފައިންނައި ޗެލެންޖު ކޮށް ޣައްޒާ އަށް ވަނުމަށް މަސައްކަތް ކޮށްފައެވެ. އެފަހަރު 40 އަށް ވުރެ ގިނަ ޤައުމުން ގާތްގަނޑަކަށް 500 ބައިވެރިންނާއެކު 40 އަށް ވުރެ ގިނަ އުޅަނދު މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޣައްޒާ އާއި ދިމާއަށް ދަތުރުކުރިއެވެ. މިއީ ތާރީޚުގައި ވެސް ކުރިއަށް ގެންދިޔަ މިބާވަތުގެ އެންމެ ބޮޑު ކެމްޕޭނެވެ.

ނަމަވެސް ޣައްޒާ އަށް ވަނުމަށް އެ ބޯޓުތައް ކުރި މަސައްކަތް ކާމިޔާބު ނުވީ އިސްރާއީލުގެ ކަނޑުގެ ސިފައިން އޮކްޓޯބަރު މަހުގެ ތެރޭގައި އެ އުލަނދުތައް ހުއްޓުވައި މީހުން ވަހުތީ ގޮތުން ހައްޔަރުކޮށް، ބިރުދައްކައި ހުރަސް އެޅުމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%