Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ހައްވާ މިރުފާ
185 ދުވަސް ކުރިން - 27 ފެބްރުއަރީ 2026 13:49
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޚުލާސާ

ޓީޗަރުންގެ ވަޒީފާގެ ކުރިއެރުން ދިނުން 2019 ވަނަ އަހަރުން ފެށިގެން މަޑުޖެހިފައި އޮތުމަށްފަހު، ރަސްމީކޮށް މި ޕްރޮމޯޝަން މެދުކަނޑާލާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި.

ގާތްގަނޑަކަށް ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، މުދައްރިސުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

މިނިސްޓްރީގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ޓީޗަރުންގެ ވަޒީފާގެ ކުރިއެރުން ދިނުން 2019 ވަނަ އަހަރުން ފެށިގެން މަޑުޖެހިފައި އޮތުމަށްފަހު، ރަސްމީކޮށް މި ޕްރޮމޯޝަން މެދުކަނޑާލާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ އިސްނެންގެވުމާއި ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ދަށުން، 2022 ވަނަ އަހަރުން ފެށިގެން ނުލިބި ހުރި ސްޓެޕް ޕްރޮމޯޝަންތަކަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރު ވަނީ އެއްކޮށް ހަމަޖައްސާފަ އެވެ. މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ސްކޫލްތަކުން ފުރިހަމަކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް ނިންމައި މިނިސްޓްރީއަށް ހުށަހަޅާ ތަރުތީބުން، ޕްރޮމޯޝަން ހައްގުވާ ތާރީހުން ފެށިގެން ލިބެންޖެހޭ ހުރިހާ ފައިސާއެއް މިހާރު ދަނީ އެއްފަހަރާ މުދައްރިސުންނަށް ޖަމާކޮށްދެމުންނެވެ.

Advertisement

Advertisement 1

"ސްޓެޕް ޕްރޮމޯޝަން" އަކީ 'ނޭޝަނަލް ޕްރޮފެޝަނަލް ސްޓޭންޑަޑްސް' އަށް ބިނާކޮށް މުދައްރިސުންނަށް ވަޒީފާގެ ކުރިއެރުން ދިނުމަށް ކަނޑައެޅިފައިވާ 'ކެރިއާ ޕްރޮގްރެޝަން' ނިޒާމެކެވެ. މި ނިޒާމުގެ ދަށުން މުދައްރިސުންގެ މަސައްކަތުގެ ފެންވަރާއި، ހޯދާ ފަންނީ ތަމްރީނުތަކަށް ބަލައި ގްރެޖުއޭޓް، ޕްރޮފިޝަންޓް، އެކޮމްޕްލިޝްޑް އަދި ޑިސްޓިންގްޝިޝްޑް ފަންތިއަށް ވަޒީފާގެ ކުރިއެރުން ދެވޭނެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 9،990 އަށްވުރެ ގިނަ ދިވެހި އަދި ބިދޭސީ މުދައްރިސުން މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ގިނަ އަދަދެއްގެ މުދައްރިސުންނަށް މާލީ ގޮތުންނާއި ވަޒީފާގެ ކުރިއެރުމުގެ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ އެވެ.

މުދައްރިސުންމިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްމިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ބައިވެރިވުމަށް އެންއައިއީއިން ހުޅުވާލައިފި

އިންޓަނޭޝަނަލް މުދައްރިސުންގެ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

12 ދުވަސް ކުރިން - 17:53

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

38 ދުވަސް ކުރިން - 15:44

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

92 ދުވަސް ކުރިން - 17:03

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

139 ދުވަސް ކުރިން - 19:47

ރޯވި ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުމެއް ނުހުއްޓޭނެ އެޑިއުކޭޝަން މިނިސްޓަރު

ރޯވި ތައުލީމީ މަރުކަޒުގައި ކިޔެވުމެއް ނުހުއްޓޭނެ: މިނިސްޓަރު

150 ދުވަސް ކުރިން - 14:03

މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް އިތުރު މުއްދަތެއް

ޕްރައިވެޓްކޮށް މޭ/ޖޫން އޭ-ލެވެލް ހެދުމުމަށް އިތުރު މުއްދަތެއް

158 ދުވަސް ކުރިން - 20:09