މިނިސްޓަރު އިހުސާންގެ އާއިލާ ބޭފުޅުންގެ ވީޑިއޯ ނަގާ އާއްމުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށް

ހައްވާ މިރުފާ | 13 ގަޑިއިރު ކުރިން - 27 ފެބްރުއަރީ 2026 14:08
އެ ދެ ބޭފުޅުން މަގުމަތިން ވީޑިއޯ ކުރައްވަނިކޮށް ފެންނަ ސީސީޓީވީ ފުޓެޖެއްވެސް ވަނީ އާންމުކުރައްވާފައި---
އެ ދެ ބޭފުޅުން މަގުމަތިން ވީޑިއޯ ކުރައްވަނިކޮށް ފެންނަ ސީސީޓީވީ ފުޓެޖެއްވެސް ވަނީ އާންމުކުރައްވާފައި---
ޚުލާސާ

އިހުސާން ވަނީ މި އަމަލާ މެދު ނުރުހުން ފާޅުކުރައްވައި އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. އަދި ވިދާޅުވީ އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް.

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި 10 އަހަރުގެ އަންހެން ދަރިފުޅު މަގުމަތިން ވަޑައިގަންނަވަނިކޮށް، އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންތަކެއް އެ ބޭފުޅުންގެ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައެއް ފެންމަތިވެ، އެމްޑީޕީއަށް އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ ހަވީރު މާލޭގެ މަގުމަތިން މިނިސްޓަރުގެ އަނބިކަނބަލުންނާއި ކުޑަ ދަރިކަނބަލުން ހިނގާފައި ވަޑައިގަންނަވަނިކޮށް އެ ބޭފުޅުންގެ ވީޑިއޯ ރެކޯޑް ކުރެއްވީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މަތި އުތުރު ދާއިރާގެ ރައީސް އަކްރަމް ކަމާލުއްދީން ކަމަށެވެ. އަދި އެ ވީޑިއޯ ފަހުން ވަނީ ވަކިވަކި އެކައުންޓްތައް މެދުވެރިކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

Ad

މިނިސްޓަރު އިހުސާން ވަނީ އެ ދެ ބޭފުޅުން މަގުމަތިން ވީޑިއޯ ކުރައްވަނިކޮށް ފެންނަ ސީސީޓީވީ ފުޓެޖެއްވެސް އާންމުކުރައްވާފަ އެވެ.

މި އަމަލާ މެދު ނުރުހުން ފާޅުކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، ޑިމޮކްރަސީއާއި، އަންހެނުންގެ ހައްގުތަކާއި، ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ބުނާ ބަޔަކު، މިފަދަ ދަށު ދަރަޖައިގެ ސިޔާސީ އުކުޅުތައް ބޭނުންކުރަމުންދާ ކަމީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ. "މިއީ އެމްޑީޕީން ޒަމާނުއްސުރެ ތަމްސީލުކުރަމުން އައި އަގުހެޔޮ، ބައިބައިވުމުގެ ސިޔާސަތު،" މިނިސްޓަރު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް، ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް އާއިލާގެ މެންބަރުންނާއި ކުޑަކުދިން ވައްދައި، އެފަރާތްތަކުގެ ޒާތީ މިނިވަންކަމަށް އަރައިގަތުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ހާދިސާއަކީ ސިޔާސީ މަސްރަހުގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން އާއިލާތަކަށް އަމާޒުކޮށް ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%