Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ފޭސް 3 ގައި 1،000 ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
236 ދުވަސް ކުރިން - 27 ފެބްރުއަރީ 2026 00:18
ހުޅުމާލެ ފޭސް 3 ގައި ހިއްކާފައިވާ ސަރަހައްދު. / ފޮޓޯ: ޚުލާސާ
ހުޅުމާލެ ފޭސް 3 ގައި ހިއްކާފައިވާ ސަރަހައްދު. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި މަޝްރޫއު ކުރިއަށްގެންދަން ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 13:00 އަށް.

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ދަށުން 1،000 ހައުސިން ޔުނިޓް ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

މި މަޝްރޫއަކީ މިސަރުކާރުން އެކި ފަންތިތަކަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއު ބިނާކުރެވިފައިވަނީ "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްގެ މައްޗަށެވެ. މިއީ ބޯހިޔާވަހިކަމުގެ އަސާސީ މިންގަނޑަށްވުރެ މަތީ ފަންތިއެއްގެ ކެޓަގަރީއެކެވެ.

މި މަޝްރޫއުގެ އެންމެ ހާއްސަ އެއް ކަމަކީ، މިއީ ހަމައެކަނި 100 އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް ހުޅުވާލާފައިވާ ފުރުސަތަކަށް ވުމެވެ. ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ދިވެހި ކުންފުނިތަކަށް މި ފުރުސަތު ހާއްސަކުރީ ގައުމުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި ދިވެހި ކުންފުނިތަކުގެ ހިއްސާ އިތުރުކޮށް، އެ ކުންފުނިތަކަށް ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައެވެ.

Advertisement

Advertisement 1

ސަރުކާރުގެ އަމާޒަކީ ހަމައެކަނި ވަކި ފަންތިއަކަށް ބޯހިޔާވަހިކަން ދިނުމުގެ ބަދަލުގައި، ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށްވެސް އެކަށީގެންވާ ފުރުސަތުތައް ހޯދައިދިނުމެވެ.

މި މަޝްރޫއު ކުރިއަށްގެންދަން ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ. ހުޅުމާލެ ފޭސް 3 އަކީ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

"އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން މާލެ ގްރޭޓާ މާލެ އަދި ރަސްމާލޭގައި 7،900 ހައުސިން ޔުނިޓު އަދި ފުރަތަމަ ފިޔަވަހީގެ ދަށުން 15،000 ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ފުލެޓުތަކާއި ގޯތިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން މިދިޔަ މަހު ހުޅުވާލާފައިވާއިރު، މުއްދަތު ހަމަވާނީ އަންނަ އޭޕްރީލް މަހުގެ 30 އަށެވެ.

އެންމެނަށް ބޯހިޔާވަހިކަން ސްކީމްފްލެޓްހުޅުމާލެ ފޭސް-3
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރަސްމާލެ ތަރައްގީކުރާ ކުންފުނީގެ ހަރަދުގައި ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އަޅަނީ

ރަސްމާލެ ތަރައްގީކުރާ ކުންފުނީގެ ހަރަދުގައި ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އަޅަނީ

29 ދުވަސް ކުރިން - 17:30

ބޯހިޔާވަހިކަމަށް ސަރުކާރުން މި ދިނީ ބޮޑު ލުޔެއް، ހިލޭ!

ބޯހިޔާވަހިކަމަށް ސަރުކާރުން މި ދިނީ ބޮޑު ލުޔެއް، ހިލޭ!

33 ދުވަސް ކުރިން - 11:24

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

43 ދުވަސް ކުރިން - 13:27

ރާއްޖޭގެ 54 ރަށެއްގައި 8،588 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދަނީ

ރާއްޖޭގެ 54 ރަށެއްގައި 8،588 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދަނީ

45 ދުވަސް ކުރިން - 10:46

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

48 ދުވަސް ކުރިން - 12:50

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

48 ދުވަސް ކުރިން - 10:44