57 ރަށެއްގެ މަޝްރޫއުތައް ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން މަސައްކަތް ނުފެށި އެބަހުރި: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 3 ގަޑިއިރު ކުރިން - 26 ފެބްރުއަރީ 2026 23:21
މިރޭ ކުރިއަށްދާ ޕީއެންސީގެ ތަރާވީހުގައި ރައީސް ވާހަކަފުޅުދައްކަވަނީ---
މިރޭ ކުރިއަށްދާ ޕީއެންސީގެ ތަރާވީހުގައި ރައީސް ވާހަކަފުޅުދައްކަވަނީ---
ޚުލާސާ

ރައީސް ވިދާޅުވި ގޮތުގައި، ރަށްރަށުގައި ފަށަން ތައްޔާރުވެފައިވާ މަސައްކަތްތައް ހުއްޓިފައިވަނީ ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދީ ބިން ހަވާލުކުރަން ދެކޮޅު ހަދަމުންދާތީ.

ރާއްޖޭގެ 57 ރަށެއްގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް، އެ ރަށްރަށުގެ ކައުންސިލްތަކުން ބިން ހަވާލުނުކުރުމުގެ ސަބަބުން މަޑުޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ފަރާތުން މިހާރު ކުރިއަށްދާ ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ރަށްރަށުގައި ފަށަން ތައްޔާރުވެފައިވާ މަސައްކަތްތައް ހުއްޓިފައިވަނީ ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދީ ބިން ހަވާލުކުރަން ދެކޮޅު ހަދަމުންދާތީއެވެ.

"57 ރަށެއްގައި އަޅުގަނޑުމެން ފަށަން އުޅޭ މަސައްކަތްތައް ބިން ހަވާލުނުކޮށް އެބަ ހުއްޓުވާ. މި 57 ރަށުން ކައުންސިލްތަކުން އެއްބާރުލުން ނުލިބޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރަށްރަށުގެ ތަރައްގީ ކުރިއަށް ގެންދިއުމަށްޓަކައި، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް، އެ ކެންޑިޑޭޓުން ހޮވައިދިނުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ނަމަވެސް، ކައުންސިލްތަކުގެ ފަރާތުން ލިބެންޖެހޭ އިދާރީ އެއްބާރުލުން ނުލިބުމަކީ ތަރައްގީއަށް އޮތް ހުރަހެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%