Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދޮޅު އަހަރުތެރޭ ހުރިހާ ރަށަކަށް ރައީސް ޒިޔާރަތްކުރައްވަނީ އިންތިހާބެއް ބޯމަތީގައި އޮވެގެނެއް ނޫން: ތާރިގް

ދޮޅު އަހަރުތެރޭ ހުރިހާ ރަށަކަށް ރައީސް ޒިޔާރަތްކުރައްވަނީ އިންތިހާބެއް ބޯމަތީގައި އޮވެގެނެއް ނޫން: ތާރިގް

އައިޝަތު ރުވާ ރިފްޢަތު
99 ދުވަސް ކުރިން - 26 ފެބްރުއަރީ 2026 22:56
މިރޭ ކުރިއަށްދާ ޕީއެންސީގެ ތަރާވީހުގައި ތާރިގް ވާހަކަފުޅުދައްކަވަނީ---
މިރޭ ކުރިއަށްދާ ޕީއެންސީގެ ތަރާވީހުގައި ތާރިގް ވާހަކަފުޅުދައްކަވަނީ---
ޚުލާސާ

ތާރިގް ވިދާޅުވީ، ރައީސް ރަށްރަށަށް ވަޑައިގެން ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތަކަށް އަލިއަޅުވާލައްވައި، ރައްޔިތުންގެ ހާލު ބައްލަވައި ކަންކަމަށް ހައްލު ހޯއްދަވައިދެއްވަމުން ގެންދަވާކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތީ އެއްވެސް އިންތިހާބެއް ބޯމަތީގައި އޮވެގެން ނޫން ކަމަށް މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހްމަދު ތާރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅޭގޮތުން ތާރިގް ވިދާޅުވީ، އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތަކަށް އަލިއަޅުވާލައްވައި، ރައްޔިތުންގެ ހާލު ބައްލަވައި ކަންކަމަށް ހައްލު ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އިންތިހާބެއް ކުރިމަތީގައި އޮތީމާ ނޫނީ ރަށްރަށަށް ރައީސުން ވަޑައިނުގަންނަވާނެ ކަމަށް ދެކޭ ވިސްނުމަކީ "ބޯދާ" ވިސްނުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ

އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ ޕީއެންސީގެ ތަރާވީސް ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ތާރިގް ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އިންތިހާބު ނިމި ހަ މަސްދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާތީ، ވެރިކަން ބަދަލުވުމަށްފަހު ލިބޭ އެ ކުރު މުއްދަތުގެ ތެރޭގައި އާ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނަށް ރުހުން ނުދީ ޖެއްސުން ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. މިއީ ގައުމުގެ ހިންގުމަށް އެޅޭ ހުރަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ..

Advertisement

Advertisement 1

މީގެ އިތުރުން، އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތާރިގް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިން ވިދާޅުވެފައިވަނީ އެއްދުވަހެއްގައި ދެ އިންތިހާބު ބޭއްވުމަށް ކަމަށެވެ. ނަމަވެސް، މިހާރު ޕީއެންސީން އެ ވާހަކަ ދައްކާތީ ނަޝީދު އެކަމާ ދެކޮޅު ހައްދަވާފައިވާ ކަމަށާއި، އެއީ ޕީއެންސީގެ ފިކުރުން އެކަމަށް ތާއީދުކުރާތީ ކަމަށް ތާރިގް ފާހަގަކުރެއްވި އެވެ.

މި ހަރަކާތުގައި ތާރިގް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފަ އެވެ.

މެންބަރު އަހްމަދު ތާރިގް - އެފްއޭއެމް ރައީސްޕީއެންސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

2 ގަޑިއިރު ކުރިން - 10:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

5 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

6 ދުވަސް ކުރިން - 00:50

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފި

8 ދުވަސް ކުރިން - 22:30

ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ: އަބްދުއްރަހީމް

"ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ"

11 ދުވަސް ކުރިން - 14:38

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

"ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް"

11 ދުވަސް ކުރިން - 14:27