Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިދިކޮޅުން ފެނިގެންދަނީ މި ރަމަޟާން މަހު ހެއްދެވިހާ ދޮގަކާއިގެން ރައްޔިތުން ކައިރިއަށް ދާތަން: ޝިޔާމް

އިދިކޮޅުން ފެނިގެންދަނީ މި ރަމަޟާން މަހު ހެއްދެވިހާ ދޮގަކާއިގެން ރައްޔިތުން ކައިރިއަށް ދާތަން: ޝިޔާމް

އައިޝަތު ރުވާ ރިފްޢަތު
190 ދުވަސް ކުރިން - 26 ފެބްރުއަރީ 2026 22:36
މިރޭ ކުރިއަށްދާ ޕީއެންސީގެ ތަރާވީހުގައި ޝިޔާމް ވާހަކަފުޅު ދައްކަވަނީ---
މިރޭ ކުރިއަށްދާ ޕީއެންސީގެ ތަރާވީހުގައި ޝިޔާމް ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

ޝިޔާމް ވިދާޅުވީ ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށްޓަކައި އިދިކޮޅުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށާއި ސަރުކާރުން އުޅެނީ އިންތިހުބުތައް އެއްކޮށްލާކަށް ނޫންކަމަށް.

މި ބަރަކާތްތެރި ރަމަޟާން މަހުވެސް އިދިކޮޅު ފަރާތްތަކުން ފެނިގެންދަނީ ހެއްދެވިހާ ދޮގަކާއިގެން ރައްޔިތުންގެ ގާތަށް ދާތަން ކަމަށް ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް، އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި މިވަގުތު ކުރިއަށްދާ ޕީއެންސީގެ ތަރާވީސް ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ޝިޔާމް ވިދާޅުވީ ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށްޓަކައި އިދިކޮޅުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށާއި ސަރުކާރުން އުޅެނީ އިންތިހުބުތައް އެއްކޮށްލާކަށް ނޫން ކަމަށެވެ. ރައްޔިތުންގެ ވޯޓެއް ނަގަން އުޅެނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަދަ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކަމަށާއި އޭގެ ބޭނުމަކީ ހަރަދު ކުޑަކުރުމާއި ވޯޓުލާ މީހުންގެ ނިސްބަތް އިތުރުކުރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ދެ ތާރީހެއްގައި އިންތިޚާބު ބާއްވާނަމަ އިންތިހާބަކަށް ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ހަރަދުވޭ. މީގެ އިތުރުން ރައްޔިތުންގެ ޖީބުން ކުރަންޖެހޭ ހަރަދުތައްވެސް އިތުރުވޭ،" ޝިޔާމް ވިދާޅުވިއެވެ.

Advertisement

Advertisement 1

ޝިޔާމް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބާ އަޅާބަލާއިރު މަޖިލިސް އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުން މަދު ނަމަވެސް، ދެ އިންތިހާބު އެކީގައި ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާ ނިންމެވުންތަކަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، ސިގިރޭޓާއި ވޭޕް މަނާކުރުމާއި ޑޮލަރު މާރުކުރުމުގެ ނިންމެވުންތަކާ ވަރަށް ގިނަ ވިޔަފާރިވެރިން ދެކޮޅު ހެދި ނަމަވެސް، ރައީސް އެ ނިންމެވުންތައް ނިންމެވީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ.

ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އިދިކޮޅުން ބުނަމުންދިޔައީ ގައުމު ބަގުރޫޓުވަނީ ކަމަށެވެ. ނަމަވެސް ރައީސް މުޢިއްޒު ގެންދަވަނީ ގައުމު ބަގުރޫޓުވިޔަ ނުދީ، ރިޔާސީ ކެމްޕޭނުގައި ވީ ވައުދުތަކާ އެއްގޮތަށް ގައުމު ތަރައްގީ ކުރައްވަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު އަހްމަދު ޝިޔާމްޕީއެންސީއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

“ކޮންމެ ދުވަހަކު އެއްގަޑިއަކަށް ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި ދެނީ” ކަމަށް ތުހުމަތު ކޮށްފި

‘ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި” ދޭކަމަށް ތުހުމަތު ކޮށްފި

12 މިނެޓު ކުރިން - 18:46

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

4 ދުވަސް ކުރިން - 13:19

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

5 ދުވަސް ކުރިން - 23:49

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

5 ދުވަސް ކުރިން - 20:10

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

7 ދުވަސް ކުރިން - 10:23

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

7 ދުވަސް ކުރިން - 08:31