ކ. ތިލަފުށީގެ ގުދަނުގައި ވަރަށް ބޮޑަށް ރޯވެ، މިއަދު ހިނގި އަލިފާނުގެ ހާދިސާގައި މީހަކު ފިހިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ދިވެއްސަކަށް ދުމުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް ފިހިގެން ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ނިއްވުމަށް ތިލަފުށީ ފަޔާ ސެންޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ތިލަފުށީގައި މަސައްކަތްކުރާ ބަޔަކު ބުނިީ އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށާއި ގުދަނާއި ޖެހިގެން ހުރި އެހެން އިމާރާތަކަށް ވެސް އަލިފާނުގެ އަސަރު މިހާރު ކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން އަލިފާން ކޮންޓްރޯލު ކުރުމަށް ދެ ވެހިކަލް ބޭނުން ކުރަމުންދާތަން މީސް މީޑިއާގައިވާ ވީޑިއޯތަކުން ފެނެއެވެ.
އެ ސަރަހައްދުން ވީޑިއޯއާއެކު މައުލޫމާތު ހިއްސާކުރި މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، ރޯވެފައިވަނީ މެރިންޑޯ މެރިންވޯކްސްގެ ވޯކްޝޮޕްގައި ކަމަށެވެ.









