Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިދިކޮޅުން އުފައްދަނީ ފިތުނަ؛ ވޯޓު ނަގަނީ ދެ އިންތިހާބު އެއްކޮށްލާކަށް ނޫން، އެއްދުވަހެއްގައި ބާއްވަން!

އިދިކޮޅުން އުފައްދަނީ ފިތުނަ؛ ވޯޓު ނަގަނީ ދެ އިންތިހާބު އެއްކޮށްލާކަށް ނޫން، އެއްދުވަހެއްގައި ބާއްވަން!

އައިޝަތު ރުވާ ރިފްޢަތު
104 ދުވަސް ކުރިން - 26 ފެބްރުއަރީ 2026 21:22
ގްރެފިކްސް. / ޚުލާސާ
ގްރެފިކްސް. / ޚުލާސާ
ޚުލާސާ

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުން އިންތިހާބުތަކަށް ކުރަންޖެހޭ ހަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަނީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ފިތުނަވެރި ވާހަކަތަކެއް ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެފި އެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ކަމަށް ބުނެ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، ހަގީގަތަކީ ދެ އިންތިހާބު އެއްކޮށްލުމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ދެ ބޮޑު އިންތިހާބު (ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު) އެއް ދުވަހެއްގައި ބޭއްވުމަށެވެ. މިއީ އިދާރީ ގޮތުންނާއި މާލީ ގޮތުން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން، އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުން އެދޭތޯ ބެލުމަށް ނަގާ ވޯޓު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ދުވަހު އެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުން އިންތިހާބުތަކަށް ކުރަންޖެހޭ ހަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށެވެ. މިއީ ގައުމުގެ އިގްތިސާދީ ހާލަތަށް ބަލާއިރު ނުހަނު ބޭނުންތެރި އިސްލާހެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

އިދިކޮޅު ފަރާތްތަކުން މިކަމުގައި އޮޅުވާލުންތައް އުފައްދަމުންދާއިރު، ސަރުކާރުން ބުނަމުންދަނީ މިއީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށާއި ދައުލަތުގެ ފައިސާ އިސްރާފުވުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްރިޔާސީ އިންތިޚާބުއިލެކްޝަންސް ކޮމިޝަން (އީސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

4 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ދުވަސް ކުރިން - 18:13

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

10 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

10 ދުވަސް ކުރިން - 02:25