Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

32 އަހަރަށްފަހު ރިޓަޔާ ކުރެއްވި ސީޕީ ނަވީންގެ ހިދުމަތުގެ އަގުވަޒަންކުރައްވައިފި

32 އަހަރަށްފަހު ރިޓަޔާ ކުރެއްވި ސީޕީ ނަވީންގެ ހިދުމަތުގެ އަގުވަޒަންކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
185 ދުވަސް ކުރިން - 25 ފެބްރުއަރީ 2026 21:13
ރިޓަޔާ ކުރެއްވި ސީޕީ ނަވީންގެ ހިދުމަތުގެ އަގުވަޒަންކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ފޮލިސް
ރިޓަޔާ ކުރެއްވި ސީޕީ ނަވީންގެ ހިދުމަތުގެ އަގުވަޒަންކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ފޮލިސް
ޚުލާސާ

ހިދުމަތާ ގުޅިވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މަސައްކަތް ކުރެއްވީ ފުލުހުންގެ ބެޖަށް ފުރިހަމައަށް އިހްތިރާމްކޮށް، މުއައްސަސާއަށް އޮތް އިތުބާރު ދަމެހެއްޓުމަށް ކަމަށް ނަވީން ވިދާޅުވި.

ދިވެހި ފުލުހުންގެ ހިދުމަތުގައި 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވުމަށްފަހު، ރިޓަޔާ ކުރެއްވި ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީންގެ ހިދުމަތުގެ އަގުވަޒަންކުރުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވި ނަވީންގެ ޝަރަފުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނެވެ. އިސްކަންދަރު ބިލްޑިންގްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، ފުލުހުންގެ އިސް އޮފިސަރުންނާއި، އެކި ރޭންކުތަކުގެ ފުލުހުން އަދި މުއައްސަސާގެ މަދަނީ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ނަވީންގެ ދިގު ކެރިއަރުގައި ދެއްކެވި ފާހަގަކޮށްލެވޭ ލީޑަރޝިޕާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެއްވި މަސައްކަތްތަކުގެ ހަނދާންތައް އާކޮށް، އޭނާގެ ހިދުމަތުގެ އަގު ވަނީ ވަރަށް މަތީ ދަރަޖައަކަށް ވަޒަންކޮށްފަ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ނަވީން ކުރެއްވި އިހްލާސްތެރި ހިދުމަތަށްޓަކައި ޝުކުރު އަދާކޮށް، އޭނާގެ ކުރިމަގަށް ކާމިޔާބީއަށް އެދިފައިވެ އެވެ.

Advertisement

Advertisement 1

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ، 7 ޖުލައި 1994 ގައި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މަސައްކަތް ކުރެއްވީ ފުލުހުންގެ ބެޖަށް ފުރިހަމައަށް އިހްތިރާމްކޮށް، މުއައްސަސާއަށް އޮތް އިތުބާރު ދަމަހައްޓައި، ގައުމަށް އޮތް ލޯތްބާއި ގަދަރާ އެކުގައި ކަމަށެވެ. އަދި ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާކަން ނަވީން ފާހަގަކުރެއްވި އެވެ.

ނަވީންގެ 32 އަހަރުގެ ދިގު ހިދުމަތުގެ މުއްދަތުގައި އޭނާ ވަނީ ފުލުހުންގެ މުއައްސަސާ ހިންގުމުގެ އެކި ދާއިރާތަކުގައި އިސް ދައުރެއް އަދާކުރައްވައި، މުއައްސަސާގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ. ނަވީން ރިޓަޔާ ކުރެއްވުމާ ގުޅިގެން، އޭނާ ކުރިން އަދާކުރައްވަމުން ގެންދެވި މަސްއޫލިއްޔާތުތައް މިހާރު ވަގުތީގޮތުން ހަވާލުކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްރިޓަޔާޑް އިސްމާއިލް ނަވީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހާ 15 ދުވަހަށް ބަންދުކޮށްފި!

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހާ ބަންދުކޮށްފި

3 ގަޑިއިރު ކުރިން - 19:03

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

1 ދުވަސް ކުރިން - 12:35

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

2 ދުވަސް ކުރިން - 14:08

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

4 ދުވަސް ކުރިން - 07:25

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

6 ދުވަސް ކުރިން - 18:14

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 12:06