Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތަކީ އެކްސްޗޭންޖް ރޭޓް މުޅިން ފްލޯޓްކޮށް ދޫކޮށްލުން ކަމަށް ނަޝީދު ވިދާޅުވެއްޖެ

ރާއްޖޭގެ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތަކީ އެކްސްޗޭންޖް ރޭޓް މުޅިން ފްލޯޓްކޮށް ދޫކޮށްލުން ކަމަށް ނަޝީދު ވިދާޅުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
146 ދުވަސް ކުރިން - 25 ފެބްރުއަރީ 2026 21:14
ކުރީގެ ރައީސް މުހައްމަދު ނަޝީދު---
ކުރީގެ ރައީސް މުހައްމަދު ނަޝީދު---
ޚުލާސާ

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 އިން މަތީގައި ހުރި ނަމަވެސް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހިންނާއި ވިޔަފާރިވެރިންނަށް ފަސޭހައިން ޑޮލަރު މިހާރު ލިބޭ.

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ ރޭޓް ވަކި ހަމައެއްގައި ހިފެހެއްޓުމުގެ ބަދަލުގައި، ބާޒާރުގެ އޮއިވަރަށް ދޫކޮށްލުމަކީ (ފްލޯޓް ކުރުމަކީ) ރާއްޖޭގެ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސް މެދުވެރިކޮށް މިއަދު އާންމުކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރުފިޔާގެ އަގު ބޭރު ފައިސާއާ އަޅާބަލާއިރު ވަކި ރޭޓެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމަކީ އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އެކްސްޗޭންޖް ރޭޓް މުޅިން ފްލޯޓްކޮށްލުމުން ބާޒާރުގައި ޑޮލަރުގެ ސަޕްލައި އާއި ޑިމާންޑް އަމިއްލައަށް ބައްޓަންވެ، ކަޅު ބާޒާރު ނެތިގެންދާނެ އެވެ.

ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވީނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އާންމުކޮށް އުޅެނީ 20 ރުފިޔާއަށްވުރެ މަތީގަ އެވެ.

Advertisement

Advertisement 1

ޑޮލަރުގެ ރޭޓު ކަޅު ބާޒާރުގައި މަތީގައި އުޅުނު ކަމުގައި ވިޔަސް، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމުތަކެއް ސަރުކާރުން ވަނީ ގާއިމުކޮށްފައެވެ. ވަކިން ހާއްސަކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ކޮންމެ މީހަކަށް ލިބޭ 500 ޑޮލަރާއެކު، އެންސްޕާގެ އެހީ ލިބިގެންދާ މީހަކަށް ނަމަ އެންސްޕާއިން ކަނޑައަޅާ އަދަދަކަށް (ގިނަވެގެން 2،000 ޑޮލަރު) ބޭންކު މެދުވެރިކޮށް ލިބޭނެއެވެ. އަދި އާސަންދަ ނުވަތަ އެންސްޕާގެ އެހީއާ ނުލައި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ މީހެއް ނަމަ 1،000 ޑޮލަރު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މީގެއިތުރުން، ވިޔަފާރިތަކަށް ބޭންކް ރޭޓުގައި 30 އިންސައްތައާ ހަމައަށް ރާއްޖެއިން ބޭރަށް ޓީޓީ ފޮނުވުމުގެ މަގު ވަނީ ފަހިކޮށްދެވިފައެވެ. އަދި ޑެބިޓް ކާޑުތަކުން އޮންލައިން ޕްލެޓްފޯމްތަކުގައި 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭއިރު، ހޮޓެލް ބުކިންތަކާއި ޓިކެޓުތަކަށް 3,000 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެއެވެ. ހަމައެއާއެކު، ކްރެޑިޓް ކާޑުތަކުގެ ލިމިޓަށް ވެސް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ބަދަލުތަކެއް ގެނެސް، އިތުރުކޮށްދީފައެވެ.

ރައީސް ނަޝީދު މިފަދަ އިރުޝާދެއް ދެއްވާފައި މިވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އިގްތިސާދީ ހަމަޖެހުން ގާއިމުކުރެވޭނީ ބާޒާރުގެ ހަގީގީ އަގުތަކަށް ޖާގަދީގެންނެވެ.

ރައީސް މުޙައްމަދު ނަޝީދުއިގްތިސޯދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

16 ދުވަސް ކުރިން - 23:29

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

34 ދުވަސް ކުރިން - 09:19

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

35 ދުވަސް ކުރިން - 10:24

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

48 ދުވަސް ކުރިން - 20:30

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

48 ދުވަސް ކުރިން - 18:13

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

52 ދުވަސް ކުރިން - 13:51