Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދެ އިންތިހާބު އެއްކޮށްލުމުގައި ގޮތް ނިންމުން ރައްޔިތުންނަށް ދޫކޮށްލަންވެސް އެމްޑީޕީ ދެކޮޅު!

ދެ އިންތިހާބު އެއްކޮށްލުމުގައި ގޮތް ނިންމުން ރައްޔިތުންނަށް ދޫކޮށްލަންވެސް އެމްޑީޕީ ދެކޮޅު!

މުހައްމަދު ޖަމްޝަތު
106 ދުވަސް ކުރިން - 24 ފެބްރުއަރީ 2026 18:10
އެމްޑީޕީގެ ޕްރެސް ކޮންފަރެންސެއްގެ ތެރެއިން---ފޮޓޯ:އެމްޑީޕީ
އެމްޑީޕީގެ ޕްރެސް ކޮންފަރެންސެއްގެ ތެރެއިން---ފޮޓޯ:އެމްޑީޕީ
ޚުލާސާ

މިފަދަ ބިލެއްގެ ސަބަަބުން ރައްޔިތުންނަށް ކުރާނެ ފައިދާގެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ބިލުގެ އަސްލު މަގުސަދު އޮޅުވާލުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުން

މައި ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގަން ނިންމާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން އެދި، ކޯޓަށް ހުށަހަޅާނެކަން އެމްޑީޕީން ހާމަކޮށްފިއެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު އެ ބިލު ތަސްދީގުކުރެއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރުގައިވާ ގޮތުން މި ރިފެރަންޑަމް ވޯޓު ނަގާނީ އަންނަ އޭޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބާ އެކުގަ އެވެ.

މައި ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގަން ނިންމާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން އެދި، ކޯޓަށް ހުށަހަޅާނެކަން އިދިކޮޅު އެމްޑީޕީން ހާމަކޮށްފިއެވެ.

Advertisement

Advertisement 1

މި ރިފެރަންޑަމް ވޯޓަކީ އަންނަ އޭޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބާ އެކު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅުއްވާފައިވާ ވޯޓެކެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވިގޮތުގައި ދެ އިންތިހާބު އެއްކޮށްލާން ނަގާ ވޯޓަށް "ނޫނެކޭ" ބުނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ. އަދި މިކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރައީސް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީއަށް ގެނެވުނު ބަދަލާ ހިލާފު ގަރާރެއް ކަމަށެވެ. އެހެންކަމުން އެ ގަރާރު ބާތިލްކުރުމަށާއި، ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި މިއަދު ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މައުރޫފް ތުހުމަތު ކުރެއްވި ގޮތުގައި މި ވޯޓު ނަގަން ސަރުކާރުން ނިންމީ ރާއްޖޭގައި "ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށްޓަކައި" ކަމަށެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި ބަދަލު ގެންނަން ނިންމެވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ކަމަށެވެ. ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އެމްޑީޕީން މި ވޯޓު ހުއްޓުވަން ކޯޓަށް ދާން ނިންމާފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބާ އެކު މި ވޯޓު ނެގުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު މަޖިލީހަށް ހުށަހެޅީއްސުރެ އެމްޑީޕީން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. ނަމަވެސް އެކި ފަހަރު ދައްކަނީ އެކި ބަހަނާތަކެެވެ. މި ފަދަ ބިލެއްގެ ސަބަަބުން ދިވެހި ޑިމޮކްރަސީ އަށާއި ދައުލަތަށް އަދި ރައްޔިތުންނަށްވެސް ކުރާނެ ފައިދާގެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ބިލުގެ އަސްލު މަގުސަދު އޮޅުވާލުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މި ބިލަށް ރައްޔިތުން ފެންނަ/ނުފެންނަ ގޮތަށް ވޯޓު ދިނުމުގެ ހައްގު ހުއްޓުވަން މަސައްކަތް ކުރަން ފެށުމެވެ.

އެމްޑީޕީރިޔާސީ އިންތިޚާބުރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ައިބްރާހިމް ދީދީ ޖެކް

106 ދުވަސް ކުރިން - 22:08

އެމްޑީޕީ އަކީ އެކަހަލަ ކޮންމެ ކަމަކަށް ދެކޮޅުބައެއް އެމީހުން ބޭނުންވާނީ ފިތުނަ ފަސާދަ އުފެއްދުމާއި ސުލްހަވެރިކަމާ ދެކޮޅުވުމާއި އަދި މީހުންގެ މެދުގާ ނަފްރަތު އުފެއްދުން އަހަރެން ތި އެމްޑީޕީ އާ އަބަދުވެސް ދެކޮޅު އެކަން ފާޅުގަ ބުނަމެވެ

ގުޅޭ ޚަބަރުތައް

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

4 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

7 ދުވަސް ކުރިން - 07:30

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

ނިމިދިޔަ އަހަރު ލިބުނުހާ އާމްދަނީއެއް ހަރަދުކުރީ އެމްޑީޕީން ނެގިހާ ލޯނުތައް އަދާކުރުމަށް

9 ދުވަސް ކުރިން - 11:31

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

10 ދުވަސް ކުރިން - 10:21