އީރާނު ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެއެވެ.
މި ހެލިކޮޕްޓަރު ވެއްޓުނީ ތަމްރީނުތަކެއްގައި އުޅެނިކޮށް އީރާނުގެ މެދުތެރޭގެ އިސްފަހާން ޕްރޮވިންސްގެ ދަރުޗޭ ސަރަހައްދުގެ މޭވާ އާއި ތަރުކާރީ ވިއްކާ ބާޒާރަކަށް ކަމަށް އީރާނު އަސްކަރިއްޔާ އިން ބުނެއެވެ.
މި ހާދިސާގައި ޖުމްލަ ހަތަރު މީހުން މަރުވެފައިވާކަން ވަނީ ކަށަވަރު ވެފައެވެ. އެއީ ހެލިކޮޕްޓަރު ދުއްވަން ހުރި ޕައިލެޓާއި ކޯޕައިލެޓުގެ އިތުރުން، ހެލިކޮޕްޓަރު ވެއްޓުނު މާރުކޭޓުގައި ތިބި ޢާންމުންގެ ދެމީހުންނެވެ.
އީރާނުގެ އޮފިޝަލުންނާއި ޙަވާލާދީ ދައުލަތުގެ މީޑިއާ އިން ބުނީ ހެލޮކޮޕްޓަރު ވެއްޓުނީ ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ސީދާ ސަބަބު ދެނެގަތުމަށް ރަސްމީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.










