ގއ. އަތޮޅު ހޮސްޕިޓަލަށް އާ އެމްބިއުލާންސާއި ސީ އެމްބިއުލާންސެއް ގެންގޮސްފި

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 23 ފެބްރުއަރީ 2026 01:15
ވިލިނގިއްޔަށް ގެންދިޔަ ސީ އެމްބިއުލާންސް މޫދަށް ބާލަނީ---
ވިލިނގިއްޔަށް ގެންދިޔަ ސީ އެމްބިއުލާންސް މޫދަށް ބާލަނީ---
ޚުލާސާ

މިއީ ރާއްޖޭގެ ރަށްތަކުގެ ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފޯރުކޮށްދިން ވަސީލަތްތަކެއް.

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން އެ ހޮސްޕިޓަލަށް ފޮނުއްވި އާ އެމްބިއުލާންސާއި ސީ އެމްބިއުލާންސް އެ ރަށަށް ގެންގޮސްފި އެވެ.

މިއީ ރާއްޖޭގެ ރަށްތަކުގެ ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފޯރުކޮށްދިން ވަސީލަތްތަކެކެވެ. މިކަމާ ގުޅިގެން، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް މެދުނުކެނޑި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް ގއ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ވަނީ އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފަ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ދާއިރާ އެވެ. އެގޮތުން، މިއަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށްކަން ފާހަގަކޮށްލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމު އާ ހަރުފަތަކަށް ގެންގޮސް، ރާއްޖޭގައި ސިއްހީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތައް ގާއިމްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ރާވަމުންނެވެ. ގއ. އަތޮޅު ހޮސްޕިޓަލަށް އަލަށް ގެނެވުނު މި އެމްބިއުލާންސްތަކުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށާއި، އެއް ރަށުން އަނެއް ރަށަށް ބަލިމީހުން ގެންދިއުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%