އިތުރަށް ގުޅުން ބަދަހިކުރަން މޯދީ އިސްރާއީލަށް

ހުސައިން އިސްމާއިލް | 12 ގަޑިއިރު ކުރިން - 23 ފެބްރުއަރީ 2026 14:33
މޯދީ އިސްރާއީލަށް ކުރެއްވި ދަތުރުފުޅިގެތެރެއިން (2017)
މޯދީ އިސްރާއީލަށް ކުރެއްވި ދަތުރުފުޅިގެތެރެއިން (2017)
ޚުލާސާ

އިސްރާއީލަށް މޯދީ ވަޑައިގަންނަވާނީ ބުދަ ދުވަހު. ޒައެނިސްޓުންގެ ޤާނޫނު ހަދާ މަޖިލީހުގައި މޯދީ ތަޤްރީރު ކުރައްވާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ހަފްތާގެ ބުދަ ދުވަހު އިސްރާއީލަށް ވަޑައިގައިގަތުމަށް ހަމަޖެހިއްޖެ ކަމަށް މަސްދަރުތައް ބުނެފިއެވެ. މޯދީ ވަޑައިގަންނަވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަޢުވަތަކަށެވެ.

އިސްރާއީލުން އުޅެނީ ކޯލިޝަނެއް ހަދާށެވެ. އެ ކޯލިޝަންގެ މެމްބަރުންގެ ތެރޭގައި އިންޑިއާ، ގްރީސް، ސައިޕްރަސް އަދި މިވަގުތަށް ނަން ސިއްރު ކޮށްފައިވާ ޢަރަބި ޤައުމުތަކާއި، އެފްރިކާ އަދި އޭޝިއާގެ ޤައުމުތައް ހިމެނެއެވެ.

އެމިހުންގެ އަމާޒަކީ “ހަރުކަށި” ފިކުރު ކަމަށް އެމީހުން ބުނާ ފިކުރާއި ދެކޮޅަށް މަސައްކަތް ކުރުމެވެ. އެގޮތުން ސުންނީ މުސްލިމުންނާއި އަދި ޝީޢީންނާއި ދެކޮޅަށް މި ކޯލިޝަނުން މަސައްކަތް ކުރާނެ ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުނެފައި ވެއެވެ.

ނަތަންޔާހޫ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު އިސްރާއީލަށް ކުރައްވާ ދަތުރުފުޅުގެ މަޤްޞަދަކީ ދެޤައުމުގެ ގުޅުން ވަރުގަދަކޮށް، އިޤްތިޞާދީ، ސިޔާސީ އަދި ސަލާމަތީ ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމެވެ. މި ދަތުރުފުޅުގައި އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގައި މޯދީ ތަޤްރީރު ވެސް ކުރައްވާނެ ކަމަށް ވެއެވެ.

އިސްރާއީލާއި އިންޑިއާއިން ގަސްތުކުރަނީ ހައިޓެކް އިންޑަސްޓްރީތަކާއި އާޓިފިޝަލް އިންޓެލިޖެންސް ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ ރޮނގުގައި އެއްބާރުލުން ވަރުގަދަ ކުރުމަށެވެ.

މޯދީ 2017 ވަނަ އަހަރު ބޮޑުވަޒީރުކަމުގެ މަގާމުގައި އެއްފަހަރަކު އިސްރާއީލަށް ވަޑައިގެންނެވިއިރު، ޖެހިގެން އައި އަހަރު ނަތަންޔާހޫ ވަނީ ނިއުދިއްލީއަށް ދަތުރުކުރައްވާފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%