ސަރުކާރަށް ލަފާދޭ އިގްތިސާދީ 3 ކޮމިޓީއަކަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 22 ފެބްރުއަރީ 2026 00:57
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް. / ފޮޓޯ: ޚުލާސާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ކޮމިޓީތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 3 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ނިޔަލަށް.

ރާއްޖޭގެ އިޤްތިސާދީ މުހިންމު ތިން ދާއިރާއަކުން ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފި އެވެ.

ސަރުކާރުން މި ފުރުސަތު ހުޅުވާލާފައިވަނީ ފަތުރުވެރިކަން، އިމާރާތްކުރުން، އަދި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ލަފާ ހޯދުމުގެ މަގްސަދުގަ އެވެ. މިގޮތުން އެކުލަވާލުމަށް ނިންމާފައިވަނީ "ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ"، "ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އަދި "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، ޓޫރިޒަމް ކޮމިޓީއަށް 14 މެންބަރުން، ކޮންސްޓްރަކްޝަން ކޮމިޓީއަށް 13 މެންބަރުން އަދި ފިޝަރީޒް ކޮމިޓީއަށް 11 މެންބަރުން އައްޔަނުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމިޓީތައް ތަމްސީލުކުރާނެ ދާއިރާތައް:

  1. ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ: މި ކޮމިޓީގައި އިމާރާތްކުރުމުގެ ދާއިރާގެ ޖަމުއިއްޔާތަކުން 3 މެންބަރުން، ސިވިލް/ސްޓްރަކްޗްރަލް އިންޖިނިއަރިންގް، އާކިޓެކްޗާ، ކުއެންޓިޓީ ސަރވޭއިންގް، އަދި ކޮންސްޓްރަކްޝަން މެނެޖްމަންޓް ފަދަ ފަންނީ ދާއިރާތަކުން ކޮންމެ ދާއިރާއަކުން 1 މެންބަރަކު ހިމެނޭނެ އެވެ. މީގެ އިތުރުން ހާބާ ކޮންޓްރެކްޓަރުން، ޔޫޓިލިޓީ ކޮންޓްރެކްޓަރުން އަދި މީހުން ބިނާކުރުމުގެ ދާއިރާ ތަމްސީލުކުރާ ފަރާތްތަކަށްވެސް ފުރުސަތު އޮންނާނެ އެވެ.
  2. ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ: މި ކޮމިޓީގައި ފަތުރުވެރިކަމުގެ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކުން (ރިސޯޓް، ހޮޓާ، އެއަރލައިން، ޓްރެވަލް އެޖެންސީ) 4 މެންބަރުން ހިމެނޭނެ އެވެ. އަދި ސަފާރީ އާއި ލިވްއަބޯޑް ދާއިރާއިން 2 މެންބަރުންނާއި، ހޮސްޕިޓަލިޓީ، ފުޑް އެންޑް ބެވަރެޖް، ހައުސް ކީޕިންގ އަދި މާކެޓިންގ ފަދަ ދާއިރާތަކުން މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
  3. ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ: މަސްވެރިކަމުގެ ދާއިރާއިން މަސްވެރިންގެ ގޮތުގައި 2 މެންބަރުން، އޮޑިވެރިންގެ 2 މެންބަރުން އަދި ކެޔޮޅުންގެ ގޮތުގައި 2 މެންބަރުން ހިމެނޭނެ އެވެ. މީގެ އިތުރުން ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ 2 މެންބަރުންނާއި، އެކްސްޕޯޓަރުންނާއި ޕްރޮސެސިން ފެސިލިޓީތައް ހިމެނޭހެން ޕްރައިވެޓް ސެކްޓަރުން 3 މެންބަރުން ހިމެނޭނެ އެވެ.

މި ކޮމިޓީތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 3 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. ކުރިމަތިލާ ފަރާތްތަކުން ފޯމާއި ލިޔުންތައް ރައީސް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. ކޮމިޓީތަކަށް ކުރިމަތިލާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓް (presidency.gov.mv) އިން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%