އިސްލާމީ މަރުކަޒުގައި ޒަކާތް ބަލަގަންނަން ފަށައިފި

ހައްވާ މިރުފާ | 6 ދުވަސް ކުރިން - 23 ފެބްރުއަރީ 2026 12:05
އިސްލާމީ މަރުކަޒުގައި ޒަކާތް ބަލައިގަންނަން މިހާރު ވަނީ ފަށާފަ--- ފޮޓޯ: މޯލްޑިވިސް ޒަކާތު ހައުސް
އިސްލާމީ މަރުކަޒުގައި ޒަކާތް ބަލައިގަންނަން މިހާރު ވަނީ ފަށާފަ--- ފޮޓޯ: މޯލްޑިވިސް ޒަކާތު ހައުސް
ޚުލާސާ

އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނުވާ ފަރާތަކަށް ހާއްސަކޮށް، ކޭޝް އަދި ކާޑު ބޭނުންކޮށްގެން އިސްލާމީ މަރުކަޒަށް ގޮސް ޒަކާތް ދެއްކޭނެ

އިސްލާމީ މަރުކަޒުގައި ނަގުދު ފައިސާއިން ޒަކާތް ބަލަގަންނަން ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގައި ޒަކާތް ބަލައިގަތުމުގެ ހިދުމަތް ފަށާފައި ވަނީ އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނުވާ ފަރާތަކަށް ހާއްސަކޮށްގެންނެވެ. މިއަދުން ފެށިގެން އިސްލާމީ މަރުކަޒުގައި ކޭޝް އަދި ކާޑު ބޭނުންކޮށްގެން ޒަކާތް ދެއްކޭނެ އެވެ.

އެގޮތުން ޒަކާތް ދައްކާ ކައުންޓަރުތައް މިއަދުން ފެށިގެން އަންނަ މަހުގެ ނުވައެއްގެ ނިޔަލަށް ބަންދު ދުވަސްތައް ނޫން، ކޮންމެ ދުވަހަކު ހެނދުނު 10 ކުން ފެށިގެން މެންދުރު ފަހު 01:00 އަށް ހުޅުވާފައި ހުންނާނެވެ.

އަދި ރޯދަ މަހުގެ ފަހު ދިހަ ކަމަށްވާ، އަންނަ މަހުގެ 10 ފެށިގެން 19 އަށް ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 11:00 އިން ފެށިގެން މެންދުރު ފަހު 14:00 އަށް ހުޅުވާފައި ހުންނާނެވެ. ހަމައެހެންމެ ފިތުރު ޒަކާތް އޮންލައިން ޕްލެޓް ފޯމްތައް މެދުވެރިކޮށް ވެސް ދެއްކޭނެ އެވެ.

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭ ޕްލެޓްފޯމްތައް

ދިރާގު މޯބައިލް އެޕާއި ދިރާގު ޕޭ ވެބްސައިޓް

އުރީދޫ، އެމްފައިސާ މޯބައިލް އެޕް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް

ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް

ފަހިޕޭ މޯބައިލް އެޕް

އަވަސް މޯބައިލް އެޕް

ބަނޑޭރި ޕޭ ވެބްސައިޓް

ރޯދަމަހުގެ އެންމެ ފަހު ދުވަހާއި ހަމަޔަށް ފުތުރު ޒަކާތް ދެއްކޭނެ ކަމަށް މޯލްޑިވިސް ޒަކާތު ހައުސުން ވަނީ ބުނެފަ އެވެ. އެހެންކަމުން ރޯދަ މަހުގެ 27 ވަނަ ދުވަހު ގެ 06:00 ޖެހުމާއި ހަމަޔަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%