ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ ބޮޑުބައި ނިމި، އާންމުންނަށް ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު | 6 ގަޑިއިރު ކުރިން - 21 ފެބްރުއަރީ 2026 20:56
ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ ބޮޑުބައި ނިމި، އާންމުންނަށް ހުޅުވާލުން/ ފޮޓޯ: އާރްޑީސީ
ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ ބޮޑުބައި ނިމި، އާންމުންނަށް ހުޅުވާލުން/ ފޮޓޯ: އާރްޑީސީ
ޚުލާސާ

ޖުމްހޫރީ މައިދާނަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި.

މާލޭގެ ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ނިމުމަކަށް އައުމާއެކު، އެ ސަރަހައްދު މިއަދު ވަގުތީ ގޮތުން އާންމުންނަށް ހުޅުވާލައިފި އެވެ.

ދިވެހިންނާއި ބިދޭސީންގެ ގިނަ ބަޔަކު ހިތްހަމަޖައްސާލުމަށާއި އިޖުތިމާއީ ބޭނުންތަކަށް ބޭނުންކުރާ މި މައިދާނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ. މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މި މަސައްކަތަށް އެ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ. ޖުމްހޫރީ މައިދާނުގެ އިތުރުން ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރަމުންދަނީ އެ ކުންފުނިންނެވެ.

މައިދާން ވަގުތީ ގޮތުން ހުޅުވާލުމަށްޓަކައި، އެ ސަރަހައްދު ބަންދުކުރުމަށް ޖަހާފައިވާ ފިލާތައް މިހާރު ވަނީ ނައްޓާލާފަ އެވެ. ނަމަވެސް، މައިދާނުގެ މެދުގައިވާ ބޮޑު ދިދަ ހުންނަ ސަރަހައްދު އަދިވެސް އޮތީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. އެ ސަރަހައްދު ބަންދުކޮށްފައިވަނީ ވިނަ ހެއްދުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށް އާރްޑީސީން ބުންޏެވެ.

އާރްޑީސީން ބުނި ގޮތުގައި، ޖުމްހޫރީ މައިދާނަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަރާމާތާއެކު މައިދާނުގެ މޫނުމައްޗަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

ޖުމްހޫރީ މައިދާނަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ގިނަ ބަޔަކު އެއްވާ އެންމެ މުހިންމު އެއް މައިދާނެވެ. މީގެ އިތުރުން، ސަރުކާރުގެ ރަސްމީ ބޮޑެތި އިވެންޓްތަކާއި ޝަރަފުގެ ގާޑު އެރުވުން ފަދަ މުހިންމު ހަރަކާތްތައްވެސް އަބަދުވެސް ބާއްވަމުން އަންނަނީ މި ސަރަހައްދުގަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%