އެމެރިކާއިން އީރާނުގެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާ ދޭނޭކަމަށް އިނގިރޭސި ނޫސް އެޖެންސީއަކުން ބުނެފި

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ | 15 ގަޑިއިރު ކުރިން - 22 ފެބްރުއަރީ 2026 11:37
ރައީސް ޓްރަމްޕް: ބޭނުންފުޅުވަނީ އީރާނުގެ ވެރިިން ނައްތާލައްވަން
ރައީސް ޓްރަމްޕް: ބޭނުންފުޅުވަނީ އީރާނުގެ ވެރިިން ނައްތާލައްވަން
ޚުލާސާ

އިނގިރޭސި ނޫސް އެޖެންސީއަކުން ވަނީ އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާނެ ކަމަށް ބުނެފަ

އީރާނަށް ވަރުގަދަ ހަމަލާތަކެއް އެމެރިކާއިން ދިނުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް ސީދާ އީރާނުގެ ލީޑަރުންނަށް އަމާޒުކޮށް އެމެރިކާއިން ހަމަލާތަކެއް ދޭނޭކަމަށް އިނގިރޭސި ނޫސް އެޖެންސީއަކުން ބުނެފިއެވެ.

އީރާނަށް ކަނޑައެޅޭ ވަކި އަދަކަށް އެމެރިކާއިން ހަމަލާތަކެއް ދޭން ރާވަމުންދާ ޚަބަރާ ގުޅިގެން އިނގިރޭސި ނޫސް އެޖެންސީއަކުން ވަނީ އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިދިޔަ އަހަރު ވެސް އީރާނުގެ ދީނީ ލީޑަރު އާޔަތުالله ހާމަނާއީއަށް އަމާޒުކުރައްވައި ހަމަލާތަކެއް ދެއްވުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. ރައީސް ޓްރަމްޕު ގަބޫލު ކުރައްވާގޮތުގައި އެމެރިކާއާއި ޔޫރަޕާއި އިޒުރޭލާ ދެކޮޅަށް އީރާނުން ގެންގުޅޭ ހަރުކަށި ސިޔާސަތު ބަދަލުކުރެވޭނީ ހަރުކަށި ސިޔާސަތު ގެންގުޅުއްވާ އީރާނުގެ ދީނީ ބޭފުޅުން ނައްތާލެވިގެންނެވެ.

އެމެރިކާއިން އީރާނަށް ހަމަލާދޭން އުރުދުންގެ އެއްގަމާއި ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް އުރުދުން އިން ބުނެފައިވިޔަސް އުރުދުންގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގައި މަދުވެގެން ހަނގުރާމަމަތީ 60 މަތިންދާބޯޓު އެބައޮތްކަމަށް ސެޓެލައިޓު ފޮޓޯތަކުން ދައްކައެވެ.

އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ ލަފާނުކުރެވޭ ފަދަ ހިތި ނަތީޖާއެއް އެމެރިކާއަށް ލިބޭނޭކަމަށް އީރާނުން ވަނީ ބުނެފައެވެ.



Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%