މީހަކު ރަހީނުކުރި ބިދޭސީއަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި

މުހައްމަދު ޖަމްޝަތު | 12 ގަޑިއިރު ކުރިން - 21 ފެބްރުއަރީ 2026 15:13
މީހަކު ރަހީނުކުރި މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީ މީހާ---
މީހަކު ރަހީނުކުރި މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީ މީހާ---
ޚުލާސާ

ހައްޔަރުކުރި އިގްބާލް މިއާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝް ރައްޔިތެއް

މާލޭގައި ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓައި ރަހީނުކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ފެބްރުއަރީ 19 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރު އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ކުރި މަސައްކަތުން، ރަހީނުކޮށްފައި ހުރި މީހާ ހުރި ތަން ވަނީ ދެނެގަނެ ބާރުގެ ބޭނުންކޮށްގެން ވަދެ، ހިފަހައްޓާފައި ހުރި މީހާ އެރޭ 02:29 އެހައިކަންހާއިރު ވަނީ ސަލާމަތްކޮށްފައިވ ކަމަށެވެ. އަދިސަލާމަތްކުރި މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އިގްބާލް މިއާ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ ތަހުގީގުން އެނގިފައިވާ ގޮތުގައި، ހައްޔަރުކުރެވުނު އިގްބާލް މިއާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތެއް ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%