ދަރިވަރުން ނުކުމެ ތޫނިސްގެ ޔުނިވާސިޓީން އިސްރާއީލުގެ އުފެއްދުންތައް އުކާލައިފި

ހުސައިން އިސްމާއިލް | 13 ގަޑިއިރު ކުރިން - 21 ފެބްރުއަރީ 2026 14:15
ހުރިހާ ގޮތަކުން ވެސް އިސްރާއީލާއި ގުޅުން ކަނޑާލުމަށް ގޮވާލައި ޓިއުނީޝިއާގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެތެރެއިން.
ހުރިހާ ގޮތަކުން ވެސް އިސްރާއީލާއި ގުޅުން ކަނޑާލުމަށް ގޮވާލައި ޓިއުނީޝިއާގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެތެރެއިން.
ޚުލާސާ

ތޫނިސްގެ އަލްމަނާރު ޔުނިވާސިޓީ ދަރިވަރުން ވަނީ އެ ޔުނިވާސިޓީ ކެންޓީނުގައި ހުރި އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ގޮތުން އެތަކެތި އުކާލައި ޖަނަވާރުންނަށް ދީފަ

ޓިއުނީޝިއާގެ އަލް މަނާރު ޔުނިވާސިޓީން އިސްރާއީލުގެ އުފެއްދުންތައް އުކާލައިފިއެވެ. މި ކަން ކުރީ އެ ޔުނިވާސިޓީގެ ދަރިވަރުންނެވެ. ޓިއުނީޝިއާގެ ޚަބަރުތައް ބުނާ ގޮތުގައި ދަރިވަރުން އުކައިލީ އެ ޔުނިވާސިޓީގެ ކެފޭގައި ހުރި އިސްރާއީލާއި ގުޅުންހުރި އުފެއްދުންތަކެވެ. އެ ދަރިވަރުންތައް ވަނީ އެތަކެތި ޖަނަވާރުންނަށް ކާން ދީފައެވެ.

ފަލަސްޠީނުގައި އިސްރާއީލުން ހިންގި ޤަތުލުޢާންމާއި ގުޅިގެން އިސްރާއީލުގެ އުފެއްދުންތަކެއް ބޮއިކޮޓް ކޮށް، ފަލަސްޠީން މިނިވަން ކުރުމަށް ގޮވާލައި ކުރިޔަށްދިޔަ ޙަރަކާތެއްގެ ތެރެއިން (ފައިލް ފޮޓޯ)

އެ ދަރިވަރުން ބުނާ ގޮތުގައި އެކަން ކޮށްފައި ވަނީ އިސްރާއީލާ އެކު އިގްތިސާދީ ގުޅުންތަކުން ފައިދާ ލިބޭ ކަމަށް ބުނާ ނުވަތަ އެގައުމުގެ ސިޔާސަތުތަކަށް ތާއީދުކުރާ ކަމަށް ބެލެވޭ ބްރޭންޑްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ބޮއިކޮޓް ކުރުމުގެ ޙަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

ބައެއް ދަރިވަރުން ވަނީ ކެމްޕަސް މެނޫތަކުގައި އިސްރާއީލުން އުފައްދާ އެއްވެސް އެއްޗެއް ހިމެނޭ ކާނާ އެއްވެސް ހުރެގެން ނުވާނެ ކަމަށް ބުނެފައެވެ.

މިއީ ފަލަސްޠީނަށް އިސްރާއީލުން ހަދަމުންދާ ގޮތުގެ ސަބަބުން ޔަހޫދީ ދައުލަތާއި ދެކޮޅުވެރިވުމަށް ކުރާ ކަމެއް ކަމަށް ވެސް ޔުނިވާސިޓީ ދަރިވަރުންނާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%