މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި އުޅަނދުތައް ޓޯކުރަން ފަށަނީ

ހައްވާ މިރުފާ | 16 ގަޑިއިރު ކުރިން - 21 ފެބްރުއަރީ 2026 11:01
ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ފުލުހުންގެ ޓީޯ ކުރަނީ --- ފޮޓޯ: މޯލްޑިވިސް ޕޮލިސް
ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ފުލުހުންގެ ޓީޯ ކުރަނީ --- ފޮޓޯ: މޯލްޑިވިސް ޕޮލިސް
ޚުލާސާ

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރަން ފަށަނީ،އާދިއްތަ ދުވަހުގެ ރޭގަނޑު 11:30 ގެ ކުރިން އެ ފަދަ އުޅަންދުތައް ގެންދިއުމަށް ފުލުހުންވަނީ ވަގުތު ދީފަ

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ހުރިހާ އުޅަނދެއް ޓޯކުރަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން، މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ހުރިހާ އުޅަނދެއް ޓޯކުރަން ފުލުހުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ހުރިހާ އުޅަނދުތައް ގެންދަން ފުލުހުން ވަނީ މުހުލަތެއް ދީފަ އެވެ. އެއީ އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 11:30 ގެ ކުރިންނެވެ.

އެ ވަގުތުގެ ނިޔަލަށް ނުނަގާ އުޅަނދުތައް ޖެހިގެން އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯކޮށްގެން ގެންދާނެ ކަމުގެ އިންޒާރު ފުލުހުންގެ ވަނީ ދީފަ އެވެ. ޓޯކޮށްގެން ގެންދާ އެފަދަ އުޅަނދުތައް ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދާއިރު އަދި ގެންދިއުމަށް ފަހު ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކުގެ ސަބަބުން މަގުތަކުން ބޮޑު ޖާގައެއް ގެއްލެ އެވެ. އަދި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް މަގުތައް ބޭނުން ކުރުމަށް ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހެއެވެ. ހަމަ އެފަދައިން ރަޖިސްޓަރީ ނުކޮށް، ސަތަރި އަޅާފައި ބަހައްޓާފައިވާ ބައެއް އުޅަނދުތަކުގެ ސަބަބުން އެތަށް ބަޔަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. 


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%