ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ބަދަލުވުމަކީ ހިދުމަތްތައް ހަރުދަނާކުރުމަށް ލިބުނު ކުރިއެރުމެއް: ޝަރީފް

މުހައްމަދު ޖަމްޝަތު | 14 ގަޑިއިރު ކުރިން - 20 ފެބްރުއަރީ 2026 12:33
ވީއައިއޭގެ ޑޮމެސްޓިކް އޮޮޕަރޭޝަންތައް ޓާމިނަލް 2 އަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އަދި އެމްއޭސީއެލްގެ ސީއީއޯ ޝަރީފް---ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ ޑޮމެސްޓިކް އޮޮޕަރޭޝަންތައް ޓާމިނަލް 2 އަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އަދި އެމްއޭސީއެލްގެ ސީއީއޯ ޝަރީފް---ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ޝަރީފް ވިދާޅުވީ ޓާމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަންސް ބަދަލުވުމަކީ ޑޮމެސްޓިކް އޮޕަރޭޝަންގެ މުޅިން އާ ބާބެއްގެ ފެށުން ކަމަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުވެގެން ދިއުމަކީ އެއާޕޯޓުން ދޭ ހިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކުރަމުން އަންނަ މަސައްކަތަށް އިތުރުވި އާ ބޮޅެއް ކަމަށް ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަން، ޓާމިނަލް 2 އަށް ރަސްމީކޮށް ބަދަލުކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މިއީ ޑޮމެސްޓިކް އޮޕަރޭޝަންގެ މުޅިން އާ ބާބެއްގެ ފެށުން ކަމަށެވެ. މި ބަދަލާއެކު ފަސިންޖަރުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްއޭސީއެލްގެ ސީއީއޯގެ ވާހަކަފުޅުގައި، އެއާޕޯޓް ތަރައްގީކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ފާހަގަކުރެއްވި އެވެ.

"އެމްއޭސީއެލްގެ ކޮންމެ މަސައްކަތެއް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވައި ކަންކަމުގައި އިރުޝާދާއި ލަފާފުޅު ދެއްވާ،" ކަމަށް ވިދާޅުވެ، ޝަރީފް ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ވީއައިއޭގެ އިންޓަނޭޝަނަލް ފަސިންޖަރުންނެކޭ އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. މިގޮތުން ޕީކް ސީޒަންތަކުގައި ކުރީގެ ޑޮމެސްޓިކް ޓާމިނަލް ވަރަށް ބޮޑަށް ތޮއްޖެހިގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

އާ ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލުވުމާއެކު، ފަސިންޖަރުންނަށް ކުރިމަތިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބި، އެއާޕޯޓުގެ ޖުމްލަ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެމްއޭސީއެލް އިން އުންމީދު ކުރެއެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%