Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓަން މިއަދުގެ ހުތުބާގައި ގޮވާލައިފި

ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓަން މިއަދުގެ ހުތުބާގައި ގޮވާލައިފި

މުހައްމަދު ޖަމްޝަތު
119 ދުވަސް ކުރިން - 20 ފެބްރުއަރީ 2026 13:08
މިއަދުގެ ހުތުބާގެ މައުޟޫއަކީ "ތަގުވާ އާއި ތައުބާގެ މައްސަރު"---
މިއަދުގެ ހުތުބާގެ މައުޟޫއަކީ "ތަގުވާ އާއި ތައުބާގެ މައްސަރު"---
ޚުލާސާ

ފަތުރުވެރިންނަށް ހިދުމަތްދޭން ދުވާލު ގަޑީގައި ރެސްޓޯރެންޓު ފަދަ ތަންތަނުން ކެއިންބުއިމުގެ ހިދުމަތްތައް ދިނުމުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ

ދިވެހިންގެ މެދުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓަން މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ. މިއަދަކީ މި ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހެވެ.

"ތަގުވާ އާއި ތައުބާގެ މައްސަރު" މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރަމަޟާން މަހުގެ މާތްކަމާއި، މި މަހުގައި ހެޔޮ އަމަލުތައް ގިނަކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މައްސަރުތަކުގެ ތެރެއިން ރަމަޟާން މަހަކީ މާތް ﷲ އެތައް ގޮތަކުން މަތިވެރިކުރައްވާފައިވާ މަހެކެވެ. އެގޮތުން މި މަހުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި، ރޯދައިގެ މަތިވެރި އަޅުކަން ފަރުޟުކުރެއްވުމުގެ އިތުރުން، މި މަހު ކުރާ ހެޔޮ އަމަލުތަކަށް ދެއްވާ ޖަޒާ އިތުރުކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރި އެވެ. އަދި މި މައްސަރަކީ ތައުބާވުމާއި ތަގުވާވެރިކަން އިތުރުކުރުމަށް ލިބޭ ރަން ފުރުސަތެއް ކަމަށްވެސް ބުނެފައިވެ އެވެ.

Advertisement

Advertisement 1

ތައުބާވުމާ ގުޅޭގޮތުން ހުތުބާގައި ބުނީ، އެއީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް ކަމަށެވެ. މީގެ އިތުރުން މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ އެ ހައްގު އަދާކުރުމާއެކު ތައުބާވުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

"ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް އަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިހުލާސްތެރިކަމާއެކު މާތް اللهގެ ހަޟުރަތުގައި ދުއާ ދެންނެވުމެވެ،" ހުތުބާގައި ވެއެވެ.

ތަގުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއްކަން ފާހަގަކޮށް، ހުތުބާގައި ބުނީ މާތް ﷲ އަބަދުމެ ބައްލަވައިވޮޑިގެންވާކަން ހިތުގައި ބާއްވަންޖެހޭނެ ކަމަށެވެ. ރޯދަ ފަރުޟުކުރެއްވުމުގެ ހިކުމަތަކީ ވެސް ތަގުވާވެރިވުން ކަމަށްވާއިރު، ރޯދައަށް ތިބޭއިރު މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަށް ގަދައަޅައި މަސައްކަތްކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

ރަމަޟާން މަހުގެ ހުރުމަތް ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދޭ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. އެގޮތުން ހާމަކަން ބޮޑު ގޮތެއްގައި ދުވާލު ގަޑީގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ހިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި، އެފަދަ ހިދުމަތްތައް ދިނުމުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭނެ ކަމަށް ބުންޏެވެ. އަދި ޝަރުއީ އުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ މީހުންވެސް މަހުގެ ހުރުމަތް ދަމަހައްޓަންޖެހޭނެ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.

ހުކުރު ޚުޠުބާރޯދަމަސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

20 ގަޑިއިރު ކުރިން - 13:30

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

7 ދުވަސް ކުރިން - 13:05

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ހުތުބާގައި ގޮވާލައިފި

"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރޭ"

14 ދުވަސް ކުރިން - 13:00

ރިޝްވަތު ދިނުމާއި ޓެކުމާއި ޖުވާކުޅެގެން މުދާ ހޯދާ މީހުންނަށް ގިޔާމަތް ދުވަހުގައި އޮތީ ނަރަކައިގެ އަޒާބު: ހުތުބާ

"ހަރާމް ގޮތުގައި މުދާ ހޯދާ މީހުންނަށް ގިޔާމަތްދުވަހުގައި އޮތީ ނަރަކައިގެ އަޒާބު"

21 ދުވަސް ކުރިން - 13:03

ރުޅިވެރިކަމާއި، ނަފުރަތާއި، ހަސަދަވެރިކަން ދޫކޮށް ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

28 ދުވަސް ކުރިން - 13:08

ހައްޖުމަހުގެ 10 ދުވަހަށްވުރެ ހެޔޮ އަމަލުކުރަން ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވޭ: ހުތުބާ

ހައްޖުމަހުގެ 10ދުވަހު ހެޔޮއަމަލުކުރުން ގިނަކުރުމަށް ހުތުބާގައި އިލްތިމާސްކޮށްފި

35 ދުވަސް ކުރިން - 13:03