އީރާނަށް ދޭނީ 10 ދުވަސް - ޓްރަމްޕް

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 19 ފެބްރުއަރީ 2026 22:59
ޚާމަނާއީގެ ސަރުކާރާއި އެކު ޓްރަމްޕް ފަހަރުގައި ޑީލަކަށް ގޮސްދާނެ
ޚާމަނާއީގެ ސަރުކާރާއި އެކު ޓްރަމްޕް ފަހަރުގައި ޑީލަކަށް ގޮސްދާނެ
ޚުލާސާ

އެމެރިކާ އާއި އެކު ހަރުދަނާ އެއްބަސްވުމަކަށް އައުމަށް އީރާނަށް ލިބޭނީ 10 ދުވަސް ކަމަށް ޓްރަމްޕް ބުނެފި

ވޮޝިންޓަނާއި އެކު އެއްބަސްވުމަކަށް އައުމަށް އީރާނަށް ދޭނީ 10 ދުވަސް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވޮޝިންޓަން ޑީސީގައި ބޭއްވި ބޯޑް އޮފް ޕީސްގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެއްބަސްވުމެއް ހާސިލްކުރެވޭނެތޯ ކަނޑައެޅޭނެ ކަމަށެވެ. އީރާނާއި އެކު އެމެރިކާ އިން ފަހަރުގައި ޑީލަކަށް ގޮސްދާނެ ކަމަށާއި، ފަހަރެއްގައި ކުރިޔަށް އޮތް 10 ދުވަހުގެ ތެރޭގައި އެކަން އެނގޭނެ ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް މިހެން ބުނީ ޖެނީވާގައި އެމެރިކާއާއި އީރާނުގެ އޮފިޝަލުންނާއި ދެމެދު ބޭއްވި ދެވަނަ ބުރުގެ މަޝްވަރާތަކުން ކުރިއެރުން ލިބުނު ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް ޢަރާޤޖީ ވިދާޅުވެފައި ވަނިކޮށެވެ.

ޔޫރޭނިއަމް މުއްސަނދިކުރުން ހިމެނޭ ގޮތަށް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ބަދަލުތަކެއް ގެނައުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާއިރު، ތެހެރާނުގެ މިސައިލް ކެޕޭސިޓީ އާއި ބެހޭ މަޝްވަރާތަކަށް ވެސް އެމެރިކާއިން ވަނީ ބާރުއަޅާފައެވެ.

ނިއުކްލިއާ ހަތިޔާރު ހޯދުމަށް އިންކާރުކުރާ އީރާނުން ބުނަނީ އެގައުމުގެ މިސައިލް ޕްރޮގްރާމަކީ މަޝްވަރާ ނުކުރެވޭ ދިފާއީ މައްސަލައެއް ކަމަށެވެ.

ފާހަގަ ކޮށްލަން ޖެހޭ މުހިއްމު ކަމަކީ ޤަލްފު ސަރަޙައްދުގައި ވޮޝިންޓަނުން ވަނީ ލަޝްކަރު އެކުލަވާލައި އެލާޓު ކޮށްފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%