ޣައްޒާގެ ހަތަރު ދިމާލުން މިއަދު ޙަމަލާ، 2 މަރު!

ހުސައިން އިސްމާއިލް | 3 ގަޑިއިރު ކުރިން - 18 ފެބްރުއަރީ 2026 23:54
ބަޑިޖަހައި ޝަހީދުކޮށްލާފައިވާ  ފަލަސްތީނުގެ 14 އަހަރުގެ ކުއްޖެއްގެ ހަށިގަނޑު ގެންދަނީ / ފޮޓޯ: އަލްޖަޒީރާ
ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ 14 އަހަރުގެ ކުއްޖެއްގެ ހަށިގަނޑު ގެންދަނީ / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

ރޯދަމަހުގެ ފުރަތަމަ ދުވަހު އިސްރާއީލުން ޣައްޒާގެ ހަތަރު ސަރަޙައްދެއްގައި ހެނދުނުން ފެށިގެން ރައްޔިތުންނަށް ޖެއްސުންކޮށް ދެމީހުން ޝަހީދުކޮށްލައިފި

އިސްރާއީލުގެ ސިފައިން މިއަދު ޣައްޒާގެ ވަކިވަކި ހަތަރު ސަރަހައްދަކަށް ހަމަލާދީ ފަލަސްތީނުގެ 14 އަހަރުގެ ކުޑަކުއްޖަކާއި 20 އަހަރުގެ ޒުވާނެއް ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

ފުރަތަމަ ޝަހީދުކޮށްލި ހާދިސާ ހިނގާފައިވަނީ އުތުރު ޣައްޒާ ގައި ކަމަށާއި، އެއީ ޑްރޯން ޙަމަލާއެއް ކަމަށް ވާއިރު ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ގެ އިރުމަތީގައި އޮންނަ ބަނީ ސުހެއިލާގައި ޔަހޫދީން ވަނީ ގެތަކަށް އަމާޒުކޮށް ވެސް ބަޑި ޖަހާފައެވެ.

މިއަދު ޝަހީދު ކޮށްލި ދެވަނަ ހާދިސާ އަކީ ޣައްޒާގެ އަލްމުޣްރާގާ ގައި ހިންގި ހާދިސާއެކެވެ. މި ހާދިސާގައި އެތައް ބަޔަކު ޒަހަމްވެފައިވެއެވެ.

މީގެ އިތުރުން ޣައްޒާގެ ދެކުނުގެ ރަފާހް ކައިރީގައި އޮންނަ އަލް މަވާސީގައި ވެސް ޔަހޫދީން ދިޔައީ ޢާންމުންނަށް ބިރުދައްކައި ތަންތަނަށް ބަޑި ޖަހަމުންނެވެ.

މި ހާދިސާތައް ހިނގާފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ކަމަށް ވާއިރު، ހަނގުރާމަ ހުއްޓާލުމުގެ އިންތިޒާމުތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރި ނަމަވެސް، ޔަހޫދީ ސަރުކާރުން ހަދަނީ ހިތަށް އެރި އެއްޗެކެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%