ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އައިޝަތު ރުވާ ރިފްޢަތު | 4 ގަޑިއިރު ކުރިން - 18 ފެބްރުއަރީ 2026 23:11
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މަސަތުވާތަކެތި. / ފޮޓޯ: ޕޮލިސް
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މަސަތުވާތަކެތި. / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި 82 ފުޅި ބަނގުރަލާއި 48 ދަޅު ބީރު ނައްތާލާފައިވޭ.

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ތަފާތު އެކި މައްސަލަތަކުގައި ގެނެވިފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގަ އެވެ.

ފުލުހުން މައުލޫމާތު ދެއްވާގޮތުގައި، ނައްތާލެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ ދާލު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗާއި، ފުލުހުން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި އަތުލައިގަނެފައިވާ ތަކެއްޗެވެ. މިގޮތުން ޖުމްލަ 126 ފުޅި ބަނގުރަލާއި 122 ދަޅު ބިޔަރު ނައްތާލާފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލާފައިވާ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

ބަނގުރަލާއި މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ދަނީ މިފަދަ ތަކެތި އަތުލައިގަނެ، ގަވާއިދުގެ ތެރެއިން ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%