ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެސް ފަލަސްތީނުގެ މީހަކު ޝަހީދު ކޮށްލައިފި

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 18 ފެބްރުއަރީ 2026 22:34
މިއަދު ޔަހޫދީން ބަޑިޖަހައި ޝަހީދުކޮށްލި 14 އަހަރުގެ މުޙައްމަދު އަލް ނައްޖާރުގެ ޖަނާޒާގެ ތެރެއިން.
މިއަދު ޔަހޫދީން ބަޑިޖަހައި ޝަހީދުކޮށްލި 14 އަހަރުގެ މުޙައްމަދު އަލް ނައްޖާރުގެ ޖަނާޒާގެ ތެރެއިން.
ޚުލާސާ

ރޯދައަށް ހުއްޓާ މިއަދު ހެނދުނު އިސްރާއީލުން ޝަހީދުކޮށްލީ ޚާންޔޫނިސްގެ 20 އަހަރުގެ މީހެއް.

މާތްވެގެންވާ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެސް ފަލަސްތީނުގެ ކުއްޖަކު ޝަހީދު ކޮށްލައިފި ކަމަށް ޣައްޒާގެ މެޑިކަލް މަސްދަރުތަކުން ބުނެފިއެވެ.

އިސްރާއީލު ސިފައިން މިއަދު ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނުސްގެ ކުއްޖެކެވެ. އެހެން ހިސާބުތަކުގައި ވެސް ޙަމަލާތައް ދިނެވެ

ޚާން ޔޫނިސްގައި އިސްރާއީލުގެ އަސްކަރިއްޔާ އިން މިއަދު ހެނދުނުން ފެށިގެން މީހުންނަށް ބިރުދައްކައި ބައެއް ތަންތަނަށް ބަޑި ޖަހާފައި ވެއެވެ.

މީގެ އިތުރުން ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ ދެކުނުގެ ރަފާހުގެ އުތުރުގެ ސަރަޙައްދުތަކުގައި ވެސް ޙަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނެތެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 10 އިން ފެށިގެން ޣައްޒާގައި ހަނގުރާމަ ހުއްޓާލި ނަމަވެސް އިސްރާއީލުން ވަނީ އެ އެއްބަސްވުމާއި އެތައް ފަހަރަކު ޚިލާފު ވެފައެވެ.

ހަނގުރާމަ ހުއްޓައިލިކަން އިޢުލާން ކުރިފަހުން ވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ 603 މީހުން ޝަހީދުކޮށް 1،618 މީހުން ޒަހަމް ކޮށްލާފައި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%