Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގޭހުގެ މައްސަލަ ހައްލުކޮށްފި؛ ކުރިއެކޭ އެއްގޮތަށް ގޭސް މިހާރު ލިބޭނެ: މޯލްޑިވް ގޭސް

ގޭހުގެ މައްސަލަ ހައްލުކޮށްފި؛ ކުރިއެކޭ އެއްގޮތަށް ގޭސް މިހާރު ލިބޭނެ: މޯލްޑިވް ގޭސް

އައިޝަތު ރުވާ ރިފްޢަތު
146 ދުވަސް ކުރިން - 18 ފެބްރުއަރީ 2026 21:52
މޯލްޑިވް ގޭސް ގެ އޮފީސް (ހުޅުމާލެ). / ފޮޓޯ: ޚުލާސާ
މޯލްޑިވް ގޭސް ގެ އޮފީސް (ހުޅުމާލެ). / ފޮޓޯ: ޚުލާސާ
ޚުލާސާ

ގޭސް ހުސްނުވެ ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ބަފާ ސްޓޮކްވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދޭ.

ކައްކާ ގޭސް ލިބުމުގައި ދާދިފަހުން ދިމާވި ދަތިތައް މުޅިން ހައްލުކޮށް، ކުރިއެކޭ އެއްގޮތަށް ހުރިހާ ސައިޒެއްގެ ކައްކާ ގޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވް ގޭހުން ހާމަކޮށްފި އެވެ.

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގޭހުގެ ސްޓޮކް މިހާރު އިޔާދަކުރެވިފައިވާ ކަމަށާއި، އިއްޔެއިން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދެމުންދާނެ ކަމަށެވެ. މި ބަދަލާއެކު މާލެ އަދި އަތޮޅުތެރޭގެ ރަށްތަކަށްވެސް ގޭސް ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ވަނީ ނައްތާލެވިފަ އެވެ.

ބަރަކާތްތެރި ރަމަޟާންމަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑީ އަބްދުﷲ ވިދާޅުވީ، "ކުރިއަށް އޮތް ތަނުގައި އެއްވެސް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބޭނެ، މި ރޯދަމަހުވެސް ކައްކާގޭސް އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް" ކަމަށެވެ.

Advertisement

Advertisement 1

އާންމުގޮތެއްގައި ރަމަޟާން މަހަކީ ކައްކާ ގޭހަށް އޮންނަ ޑިމާންޑު ބޮޑުތަނުން އިތުރުވާ މަހެކެވެ. އެހެންކަމުން، ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މެދުނުކެނޑި ގޭހާއި އެހެނިހެން އަސާސީ ކާބޯތަކެތި ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވް ގޭހުން އިތުރަށް ބުނީ، ގޭސް ހުސްނުވެ ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ބަފާ ސްޓޮކްވެސް މިހާރު ހަމަޖެހިފައިވާ ކަމަށާއި، ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އަބަދުވެސް ސަމާލުކަންދީގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މޯލްޑިވް ގޭސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޯލްޑިވް ގޭހުން ލިކިއުޑް ނައިޓްރޯޖަން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

މޯލްޑިވް ގޭހުން ލިކިއުޑް ނައިޓްރޯޖަން ބާޒާރަށް ތައާރަފްކޮށްފި

68 ދުވަސް ކުރިން - 19:37

ތިނަދޫގައި މޯލްޑިވް ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފި

ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ މަސައްކަތް ފަށައިފި

109 ދުވަސް ކުރިން - 19:30

ގޭހުގެ ސްޓޯރޭޖަށް 1500 ޓަނު އިތުރުކުރަން އެސްޓީއޯ އިން މަސައްކަތް ފަށައިފި

ގޭހުގެ ސްޓޯރޭޖަށް 1500 ޓަނު އިތުރުކުރަނީ

111 ދުވަސް ކުރިން - 16:28

ގޭހުގެ އާ ޝިޕްމެންޓަކާއެކު މޯލްޑިވް ގޭސްއިން 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފަށައިފި

10ކިލޯގެ ގޭސް ފުޅި އަލުން ބާޒަރަށް ނެރެފި

113 ދުވަސް ކުރިން - 17:28

ގޭހުގެ އާ ޝިޕްމެންޓެއް ހުކުރު ދުވަހު ލިބޭނެ: އެސްޓީއޯ

"ގޭހުގެ އާ ޝިޕްމެންޓެއް ހުކުރު ދުވަހު ލިބޭނެ"

121 ދުވަސް ކުރިން - 16:24

ގޭހަކަށް ނުޖެހޭނެ, އަންނަ ހަފްތާގައި ސަޕްލައި މައްސަލަ ހައްލުވާނެ: އެސްޓީއޯ

"ގޭހުގެ ސަޕްލައި މައްސަލަ އަންނަ ހަފްތާ ހައްލުވާނެ"

155 ދުވަސް ކުރިން - 09:46