Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޯލްޑިވް ގޭހުން ލިކިއުޑް ނައިޓްރޯޖަން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

މޯލްޑިވް ގޭހުން ލިކިއުޑް ނައިޓްރޯޖަން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
113 ދުވަސް ކުރިން - 7 މެއި 2026 19:37
ލިކިއުޑް ނައިޓްރޯޖަން ފުޅީގެ ސާމްޕަލެއް. / ފޮޓޯ: މޯލްޑިވް ގޭސް
ލިކިއުޑް ނައިޓްރޯޖަން ފުޅީގެ ސާމްޕަލެއް. / ފޮޓޯ: މޯލްޑިވް ގޭސް
ޚުލާސާ

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗަށް ބޭނުންވާ ލިކިއުޑް ނައިޓްރޯޖަން މިހާރު ސަޕްލައި ކުރަމުންދަނީ އެ ކުންފުނިން. ސްކިން ކްލިނިކްތައް މިއީ ލިބުނު ބޮޑު ފަސޭހައެއް.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ގޭހުގެ ހިދުމަތް ފޯރުކޮށްދެމުންދާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭހުން ލިކިއުޑް ނައިޓްރޯޖަން އުފައްދައި، ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ނެރެފި އެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާ އާއި ކާބޯތަކެތީގެ ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ލިކިއުޑް ނައިޓްރޯޖަން އަކީ އާންމުކޮށް ސިއްހީ ދާއިރާގެ އިތުރުން ކާބޯތަކެތީގެ ސިނާއަތުގައި ތަފާތު ބޭނުންތަކަށް ބޭނުންކުރާ އެއްޗެކެވެ. މޯލްޑިވް ގޭހުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗަށް ބޭނުންވާ ލިކިއުޑް ނައިޓްރޯޖަން މިހާރު ސަޕްލައި ކުރަމުންދަނީ އެ ކުންފުނިންނެވެ. މީގެ އިތުރުން، ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ވެސް މިހާރު ދަނީ މި ހިދުމަތް ފޯރުކޮށްދެމުންނެވެ.

ސިއްހީ ދާއިރާގައި ލިކިއުޑް ނައިޓްރޯޖަން ބޭނުންކުރާ މައިގަނޑު ބޭނުންތަކަށް ބަލާއިރު، ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށާއި، ސާމްޕަލްތައް ގަނޑުކޮށްފައި ބެހެއްޓުމަށް ބޭނުންކުރެ އެވެ. އެގޮތުން ތަހުލީލްތަކަށް ނަގާ ސާމްޕަލްތަކާއި، ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ސާމްޕަލްތައް ރައްކާތެރިކަމާއެކު ގަނޑުކޮށްފައި ބެހެއްޓުމަށް މިއީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ރާއްޖޭގައި މިހާރު ގިނަ އަދަދެއްގެ ސްކިން ކްލިނިކްތައް ހިންގަމުންދާއިރު، މިއީ އެފަދަ ތަންތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.

Advertisement

Advertisement 1

ކާބޯތަކެތީގެ ސިނާއަތުގައި ލިކިއުޑް ނައިޓްރޯޖަން ބޭނުން ކުރަނީ ވަގުތުން ފިނިކުރަންޖެހޭ ޑެސާޓްތައް ތައްޔާރުކުރުމަށެވެ. ފައިން ޑައިނިން ރެސްޓޯރަންޓްތަކުގައި ލިކިއުޑް ނައިޓްރޯޖަން ބޭނުންކޮށްގެން ތަފާތު ކާނާ ތައްޔާރުކުރުން ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފަ އެވެ. މީގެ އިތުރުން، ފިނިބުއިންތައް ކަސްޓަމަރުންނަށް ސާވްކުރުމުގައި ދުންއަރާފަދަ ހިތްގައިމު މަންޒަރުތައް އުފެއްދުމަށާއި، އަވަހަށް ގަނޑުކުރަންޖެހޭ ތަކެތި "ފްލޭޝް ފްރީޒް" ކުރުމަށްވެސް މިއީ މުހިންމު އެއްޗެކެވެ. މީގެ ސަބަބުން ކާނާގެ ތާޒާކަމާއި، ރަހައާއި، އަދި ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެގޮތުގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1616 އަށް ގުޅައިގެން ލިކިއުޑް ނައިޓްރޯޖަންއަށް އޯޑަރު ކުރެވޭނެ އެވެ. އަދި އޯޑަރު ކުރުމުން ޑެލިވަރީގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.

މޯލްޑިވް ގޭސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިނަދޫގައި މޯލްޑިވް ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފި

ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ މަސައްކަތް ފަށައިފި

154 ދުވަސް ކުރިން - 19:30

ގޭހުގެ ސްޓޯރޭޖަށް 1500 ޓަނު އިތުރުކުރަން އެސްޓީއޯ އިން މަސައްކަތް ފަށައިފި

ގޭހުގެ ސްޓޯރޭޖަށް 1500 ޓަނު އިތުރުކުރަނީ

157 ދުވަސް ކުރިން - 16:28

ގޭހުގެ އާ ޝިޕްމެންޓަކާއެކު މޯލްޑިވް ގޭސްއިން 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފަށައިފި

10ކިލޯގެ ގޭސް ފުޅި އަލުން ބާޒަރަށް ނެރެފި

159 ދުވަސް ކުރިން - 17:28

ގޭހުގެ އާ ޝިޕްމެންޓެއް ހުކުރު ދުވަހު ލިބޭނެ: އެސްޓީއޯ

"ގޭހުގެ އާ ޝިޕްމެންޓެއް ހުކުރު ދުވަހު ލިބޭނެ"

167 ދުވަސް ކުރިން - 16:24

ގޭހުގެ މައްސަލަ ހައްލުކޮށްފި؛ ކުރިއެކޭ އެއްގޮތަށް ގޭސް މިހާރު ލިބޭނެ: މޯލްޑިވް ގޭސް

"ގޭހުގެ މައްސަލަ ހައްލުކޮށްފި، ކުރިއެކޭ އެއްގޮތަށް ލިބޭނެ"

191 ދުވަސް ކުރިން - 21:52

ގޭހަކަށް ނުޖެހޭނެ, އަންނަ ހަފްތާގައި ސަޕްލައި މައްސަލަ ހައްލުވާނެ: އެސްޓީއޯ

"ގޭހުގެ ސަޕްލައި މައްސަލަ އަންނަ ހަފްތާ ހައްލުވާނެ"

200 ދުވަސް ކުރިން - 09:46