ރަޝިޔާއާ ޗައިނާގެ މަނަވަރުތައް އީރާނުގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާން ފަށައިފި

ހުސައިން އިސްމާއިލް | 13 ގަޑިއިރު ކުރިން - 18 ފެބްރުއަރީ 2026 14:25
އީރާނުގެ ކަނޑުގެ ސަރަޙައްދުގައި ރަޝިޔާ، ޗައިނާ އަދި އީރާނުގެ މަނަވަރުތައް ޙަރަކާތްތެރިވަނީ ތަމްރީނުތަކެއް ހެދުމަށް.
އީރާނުގެ ކަނޑުގެ ސަރަޙައްދުގައި ރަޝިޔާ، ޗައިނާ އަދި އީރާނުގެ މަނަވަރުތައް ޙަރަކާތްތެރިވަނީ ތަމްރީނުތަކެއް ހެދުމަށް.
ޚުލާސާ

އެމެރިކާގެ މަނަވަރުތަކުން އީރާނަށް ޙަމަލާ އެއް ދީފާނެ ކަމަށް ބެލެވޭ ދަނޑިވަޅުގައި ރަޝިޔާ އާއި ޗައިނާގެ މަނަވަރުތައް އީރާނުގެ ކަނޑުގެ ސަރަޙައްދަށް ވަދެ މޮނިޓަރ ކުރަން ފަށައިފި

ރަޝިޔާ، ޗައިނާ އަދި އީރާނުން ޚޮރްމުޒް ކަނޑުއޮޅީގައި ޙަރަކާތްތެރިވާން ފަށައިފިއެވެ. އެމެރިކާގެ މަނަވަރުތައް އީރާނުގެ ކަނޑުގެ ސަރަޙައްދަށް ވަނުމަށް ފޮނުވާފައިވާއިރު، ރަޝިޔާ،ޗައިނާ އަދި އީރާނުން ބުނީ ޚޮރްމުޒް ސަރަޙައްދުގައި އެ ޤައުމުތަކުގެ މަނަވަރުތައް ހަތިޔާރާއި އެކު ޙަރަކާތްތެރިވާން ފަށަފައިވާ ކަމަށެވެ.

ރަޝިޔާ އިން މަސައްކަތް ކުރަނީ ދުނިޔޭގެ ކަނޑުތަކުގައި މަލްޓިޕޯލާ ވޯލްޑް އޯޑަރެއް ބިނާކުރުމަށެވެ.

ރަޝިޔާއިން އިސްނަގައި ދުނިޔޭގެ ކަނޑުތަކުގައި ބާރުތައް ގަދަކުރަމުންދާއިރު "ވިލް ފޯ ޕީސް 2026" ގެ ނަމުގައި ބްރިކްސްގެ ފުރަތަމަ ނޭވަލް އެކްސަސައިޒް ވެސް ވަނީ ބާއްވާފައެވެ. އެއީ ހުސްވި ޖެނުއަރީ މަހު ސައުތު އެޓްލާންޓިކްގައެވެ. މި ޙަރަކާތުގައި ރަޝިޔާ، ޗައިނާ، އީރާން، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ދެކުނު އެފްރިކާ ބައިވެރިވިއެވެ.

މެދުއިރުމައްޗަށް އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެމަނަވަރެއް ގޮސްގެން އުޅޭއިރު އީރާނުން މަސައްކަތް ކުރަމުންދަނީ އެމެރިކާ އާއި މަޝްވަރާ ކޮށްގެން ޞުލްޙަ ވެވޭތޯއެވެ. ނަމަވެސް އެމެރިކާ އިން ޙަމަލާ އެއް ދީފި ނަމަ އޭގެ ރައްދުގައި މެދުއިރުމަތީގައިވާ އެމެރިކާގެ ހުރިހާ ބޭސްތަކަށް ވަރަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ ތެހެރާނުން ވަނީ ވޮޝިންޓަނަށް އިންޒާރު ދީފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%