މިރާއްޖޭގައި މިވަގުުތު ހުރި އެންމެ ކުޅަދާނަ އެއް އަދަބީ ދަންނަ ބޭކަލަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އެއީ ކުރީގެ ރައީސުންވެސް އިއްތިފާގުވެލައްވާނެ ކަމެކެވެ. ނަމަވެސް ، ކޮރަޕްޝަނާއި ފަސާދަ ހިންގާ ފަރާތްތަކާއި ދެކޮޅަށް ޢަބްދުއްރަހީމް އެއްޗެއް ވިދާޅުވި ހިސާބުން އެމަނިކުފާނަކީ ތަޢުލީމެއް ނެތް ބޭފުޅަކަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަށައިގެން ތިއްބެވި ސޯބުންތައް ހެެއްދެވިއެވެ. ނަމަވެސް ، މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ދުނިޔޭގެ މައިދާނުގައި ވެސް އެމަނިކުފާނަކީ ގާބިލް ލީޑަރެއްކަން ސާބިތުކޮށްދީފަ އެވެ. 2024 ވަނަ އަހަރު ބެއިޖިންގައި ބޭއްވި އިންޓަރ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ ރާއްޖޭގެ ގޮންޖެހުންތަކާއި ފުރުސަތުތައް ސާފުކޮށް ދެނެގަނެ، އިނގިރޭސީ ބަހުން ވާހަކަ ދެއްކުމުގެ ފަރިތަކަމުގެ ތައުރީފު ހޯއްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިނގިރޭސިބަހުން ތަޤްރީރު ކުރައްވަނީ
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޚާއްޞަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ. މަޖިލިސް ރައީސް މުޅިންވެސް ވާހަކަފުޅު ދެއްކެވީ އިނގިރޭސި ބަހުންނެވެ. އެގޮތުން ، ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ ސްޓްރެޓެޖީތަކާއި ޑިމޮކްރެޓިކް އޮނިގަނޑާ އޮންނަ ގުޅުމަށް އަލިއަޅުއްވާލެއްވި އިރު، ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމަކީ މުހިންމު ބައެއްގެ ގޮތުގައި ، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ ތަސައްވުރެއް ފާޅުކުރުމުގައި މަޖިލީހުގެ ރައީސްގެ ގާބިލްކަމަކީ މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ކުރި ފާޑުކިޔުންތަކާ ވަރަށް ތަފާތު ކަމެކެވެ. އެމަނިކުފާނާއި ދެކޮޅަށް ސިޔާސީ ވާހަކަތަކެއް ދެއްކި ނަމަވެސް، އަބްދުއްރަހީމް އަބްދުاللهގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ހިންގުމާއި، ބައިނަލްއަގްވާމީ އެއްބާރުލުމާ ބެހޭ ގޮތުން ވިސްނުންތައް ހުށަހެޅުއްވި، މަތީ ފެންވަރުގެ ފޯރަމްތަކުގައި ގައުމު ތަމްސީލު ކުރުމުގެ ގާބިލްކަން ދެއްކެވި އެވެ.

ކުރީގެ ރައީސް ޔާމީންގެ އަރިސް ބޭފުޅުން އެއްފަހަރަކު އަބްދުއްރަހީމަކީ މަގާމުގައި ހުންނެވޭ ވަރަށް ތައުލީމީ ބޭފުޅެއް ނޫން ކަމަށް ބުނިކަމުގައި ވިޔަސް، މި ގްލޯބަލް އިވެންޓުގައި މަޖިލީހުގެ ރައީސް އެ ދެއްކެވީ މަލީހުއާއި ޖަމީލުއަށް އެބޭފުޅުންގެ ސިޔާސީ ހަޔާތުގައިވެސް ނުދެއްކުނު "ފޮޓޯ"އެކެވެ. ޔާމީންގެ ދައުރުގެ ތެރޭގައި ތިބި އެތައް ސިޔާސީ ބޭފުޅުންނެއް ފަހަނައަޅައި، މި ފެންވަރުގެ ތަގުރީރެއް ދެއްވުމުގެ ގާބިލްކަމުން ގައުމީ ލީޑަރެއްގެ ގޮތުގައި އަބްދުއްރަހީމްގެ ގާބިލްކަން ހާމަވެގެންދެއެވެ.









