ހުޅުމާލެ ފޭސް 1ގައި އެސްޓީއޯއިން އާ އައުޓްލެޓެއް ހުޅުވައިފި

ހައްވާ މިރުފާ | 13 ގަޑިއިރު ކުރިން - 18 ފެބްރުއަރީ 2026 14:19
ހުޅުމާލޭގައި އަލަށް ހުޅުވި އެސްޓީއޯ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އެސްޓީއޯ
ހުޅުމާލޭގައި އަލަށް ހުޅުވި އެސްޓީއޯ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އެސްޓީއޯ
ޚުލާސާ

ހުޅުމާލެ ފޭސް އެއްކެ ގައި އެސްޓީއޯގެ އާ އައުޓްލެޓެއް ހުޅުވައިފި، އެ އައުޓްލެޓުން ކާބޯތަކެތީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނު ލިބޭނެ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން އާ އައުޓްލެޓެއް ހުޅުވައިފި އެވެ.

ރޭ ހުޅުމާލޭގައި ހުޅުވި އެސްޓީއޯ ޕީޕަލްސް ޗޮއިސް އައުޓްލެޓް ހުޅުވީ ހާއްސަ ހަފްލާއަކުންނެވެ. އެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެސްޓިއޯއިން ހުޅުމާލޭގައި ހުޅުވި އާ އައުޓްލެޓުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ އައިޓަމްތަކެއް ރީޓެއިލްކޮށް ލިބެން ހުންނާނެ އެވެ. އަދި ކުރިއަށް އޮތްތާނުގައި ހުޅުމާލޭގައި އުޅުއްވާ ވިޔަފާރި ވެރިންނަށް ހޯލްސޭލްކޮށް މިތަކެތި ދޫކުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

އެގޮތުން މި އައުޓްލެޓް ހުންނަނީ ހުޅުމާލޭ ފޭސް އެއްކެގެ ރީތިގަސް މަގުގައި ހުންނަ ރެއިން ކޮރަލް ރެޒިޑެންސް ގައެވެ. އަދި އެސްޓީއޯއިން ބުނެފައި ވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 08:30 ރޭގަނޑު 22:00 އަށް އެ އައުޓްލެޓުން ވިޔަފާރި ކުރެވޭނެ ކަމަށެެވެ. އަދި ހުކުރު ދުވަހު ހަވީރު 16:00 އަކުން ރޭގަނޑު 22:00 އަށް އެ އައުޓްލެޓް ހުޅުވިފައި ހުންނާނެ ކަމަށެވެ.

މިކާމާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެމުން އެސްޓީއޯއިން ބުނެފައި ވަނީ ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، އެސްޓިއޯގެ ޕްރެޒެންސެއް ހުޅުމާލޭގައި ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެއް ކަމަށެވެ. އަދި ހުޅޫމާލެގައި ހުޅުވި އެ އައުޓްލެޓާއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެސްޓީއޯ އިން ވިއްކާ މުދާތައް ފަސޭހަ ކަމާއިއެކު ލިބޭނެ ކަމަށެވެ.

ކުރިއަށް އޮތް ރޯދަ މަހު، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓީއޯ ހުޅުމާލެ ޕީޕަލްސް ޗޮއިސް އައުޓްލެޓުން ލިބެން ހުންނާނެ އެވެ. އޭގެ އިތުރުން މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބޭ އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، ހުޅުމާލޭ އައުޓްލެޓުން ވެސް އާއްމުންނަށް ލިބޭނެ އެވެ. މި ތަކެތީގެ އިތުރުން އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައް ވެސް މި އައުޓްލެޓުން ލިބެން ހުންނާނެ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%