Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިމަހުގެ 28ގައި ހަމަލޮލަށް 4 ޕްލެނެޓް ފެންނާނެ، މާސް ނުފެންނާނެ

މިމަހުގެ 28ގައި ހަމަލޮލަށް 4 ޕްލެނެޓް ފެންނާނެ، މާސް ނުފެންނާނެ

ހުސައިން އިސްމާއިލް
193 ދުވަސް ކުރިން - 17 ފެބްރުއަރީ 2026 20:59
މިއީ މިމަހުގެ 28 ވަނަ ދުވަހު އިރު އޮއްސުމަށްފަހު އެއްގުރަހައެއްގައި ހުންނާނެ ޕްލެނެޓްތައް.
މިއީ މިމަހުގެ 28 ވަނަ ދުވަހު އިރު އޮއްސުމަށްފަހު އެއްގުރަހައެއްގައި ހުންނާނެ ޕްލެނެޓްތައް.
ޚުލާސާ

މިމަހުގެ 28 ގައި އެއްގުރަހައިގައި 6 ޕްލެނެޓް ހުންނާނެ. ފެންނާނީ ހަތަރު ޕްލެނެޓް. ދެޕްލެނެޓް ހުންނާނީ ފޮރުވިފައި. މާސް ނުފެންނާނެ. ސީދާ ރޮނގެއްވެސް ނުފެންނާނެ.

ހިނގަމުން މިދާ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ހަވީރު އުޑުމަތިން ހަ ޕްލެނެޓް އެއްލައިނެއްގައި ސާފުކޮށް ފެންނާން ހުންނާނެ ކަމަށް ފަލަކީ މަސްދަރުތަކުން ބުނެއެވެ.

ހަގީގަތަކީ ކޮބައިތޯ

Advertisement

Advertisement 1

ފެބްރުއަރީ 28 ވަނަ ދުވަހު ހިނގާ މި އާދަޔާޚިލާފު މަންޒަރަށް ދީފައިވާ ނަމަކީ “ޕްލެނެޓަރީ ޕެރޭޑް” އެވެ. އެއްފަހަރާ ހަ ޕްލެނެޓް އުޑުމަތީގައި ހުންނާނެއެވެ.

މި ހަ ޕްލެނެޓަކީ މާކިއުރީ، ވީނަސް، ޖުޕިޓަރ، ސެޓަރން، ޔޫރޭނަސް، އަދި ނެޕްޓިއުންއެވެ.

ހަމަލޮލަށް ފެންނާނީ ކޮން ޕްލެނެޓް ތަކެއް؟

މި ދެންނެވި ހަ ޕްލެނެޓްގެ ތެރެއިން ލޮލަށް ފެންނާނެ ޕްލެނެޓްގެ ޢަދަދަކީ ހަތަރެއް (4) އެވެ. އެއީ މާކިއުރީ އާއި ވީނަސް އަދި ޖުޕިޓަ އާއި ސެޓަރން އެވެ. މީގެތެރެއިން ވީނަސް ތަރި ނުވަތަ ވީނަސް ޕްލެނެޓް އާދަޔާއި ޚިލާފަށް އަލި ގަދަވާނެއެވެ.

ހަމަލޮލަށް ފެންނާނީ ކޮން ޕްލެނެޓް ތަކެއް؟

ދެޕުލެނެޓެއް ލޮލަކަށް ނުފެންނާނެއެވެ. އެއީ،

ޔޫރޭނަސް: މި ޕްލެނެޓް ބެލުމަށް ދުރުމީއެއް ނުވަތަ ބައިނޮކިއުލާސް ބޭނުންވާނެ.

ނެޕްޓިއުން: މި ޕްލެނެޓް ބެލުމަށް ޓެލެސްކޯޕެއް ބޭނުންވާނެ.

އެހެންކަމުން އުޑުމަތީގައި ހަ ޕްލެނެޓް ހުރިއިރު، އިތުރު އެއްޗެއްގެ އެހީއަކާއި ނުލައި ނުވަތަ “އޮޕްޓިކަލް އެއިޑް” އެއް ނެތި ފެންނާނީ އެންމެ ހަތަރު ޕްލެނެޓެވެ.

ފަލަކީ ވާހަކަތަކާއި ބޭރުގެ ހަބަރުތައް ގެނެސްދޭ އިންސްޓަގްރާމާއި އެކްސް އަދި ފޭސްބުކް ބައެއް ޕޭޖުތަކުގައިވާ ޕޯސްޓުތަކުގައި ވަނީ މާސް ވެސް ފެންނާނެ ކަމަށެވެ. ނަމަވެސް މި މަހުގެ 28 ގައި އެ ބުނާ ގޮތަކަށް މާސް އެއް ނުފެންނާނެއެވެ. އެއީ ކަނޑައެޅިގެން ދޮގެކެވެ. ހަމަ އެހެންމެ ޕްލެނެޓްތައް ސާފު ސީދާ ރޮނގެއްގައި ވެސް ނުފެންނާނެއެވެ. ބައެއް ޕްލެނެޓްތައް ފެންނާނީ 15 މިނެޓަށެވެ. އަނެއްބައި ޕްލެނެޓުތައް 3 ގަޑިއިރާއި ހަމަޔަށް ފެންނާން ހުންނާނެއެވެ. ނަމަވެސް ވައިރަލް ވަމުންދާ ސާމްޕަލް ވީޑިއޯ އާއި ފޮޓޯތަކުގައި ދައްކާ ތަރުތީބުން މި ޕްކެނެޓުތައް ނުފެންނާނެއެވެ.

މި ހަ ޕްލެނެޓް ވެސް އެންމެންނަށް “ސާފުކޮށް ފެންނާނެ” ކަމަށް ބުނާ ވާހަކަތަކަކީ ގޯހެވެ.

ސައިންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު: މެޑަމް ސާޖިދާ

"ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު"

144 ދުވަސް ކުރިން - 13:18

ރޯދަމަހު ގެސްޓްރިކް އުނދަގޫތަކުން ސަލާމަތްވާނީ ކިހިނެއް?

ރޯދަމަހު ގެސްޓްރިކް އުނދަގޫތަކުން ސަލާމަތްވާނީ ކިހިނެއް?

179 ދުވަސް ކުރިން - 01:11

ހެލްތު މިނިސްޓްރީ އިން 40 ތެރަޕިސްޓުން ހޯދަނީ

ހެލްތު މިނިސްޓްރީ އިން 40 ތެރަޕިސްޓުން ހޯދަނީ

179 ދުވަސް ކުރިން - 13:21

ހަމަޖެހޭ ދިރިއުޅުމަކަށް ރޭގަނޑުގެ ނިދި މުހިންމު!

ހަމަޖެހޭ ދިރިއުޅުމަކަށް ރޭގަނޑުގެ ނިދި މުހިންމު!

186 ދުވަސް ކުރިން - 15:19

އީރާނުގެ ނިއުކްލިއާ ސައިޓުތައް މޮނިޓާކުރަން މިހާރު އުނދަގޫ - އައިއޭއީއޭ

“އީރާނުގެ ނިއުކްލިއާ ސައިޓުތައް މޮނިޓާކުރަން މިހާރު އުނދަގޫ“

196 ދުވަސް ކުރިން - 14:11

އިންސާނާގެ އުމުރު ދިގުވުމުގައި ޖެނެޓިކްސްގެ ދައުރު ކުރިން ހީކުރި ވަރަށް ވުރެ ބޮޑު: ދިރާސާ

އުމުރު ދިގުވުމުގައި ޖެނެޓިކްސްގެ ދައުރު ވަރަށްބޮޑު: ދިރާސާ

211 ދުވަސް ކުރިން - 20:44