Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު: މެޑަމް ސާޖިދާ

މުހައްމަދު ޖަމްޝަތު
192 ދުވަސް ކުރިން - 7 އޭޕްރިލް 2026 13:18
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު---ފޮޓޯ: ރައީސް އޮފީސް

ޚުލާސާ

ފަސްޓްލޭޑީ ވިދާޅުވީ، ސައިންސްގެ އަލީގައި ހޯދާ ސިއްހީ ހައްލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭ ކަމަށް

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސް އަދާކުރާ ދައުރު ވަރަށް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ޕޯސްޓްގައި ސިއްހީ ދުޅަހެޔޮކަމާއި ވަށައިގެންވާ މާހައުލާ ގުޅިފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، ސައިންސްގެ އަލީގައި ހޯދާ ސިއްހީ ހައްލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭ ކަމަށެވެ. އެކަމަނާ އިތުރަށް ވިދާޅުވީ "ދުޅަހެޔޮ ދިރިއުޅުމަކާއި ވަރުގަދަ މުޖުތަމައެއް ބިނާކުރުމުގައި ސައިންސަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް" ކަމަށެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އަލަށް ފެންނަ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރަން ޖެހޭ ކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ.

އިލްމު ކުރިއެރުވުމަށާއި، ދިރާސާތަކަށް އިންވެސްޓްކުރުމަށާއި، އަދި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ކޮންމެ މީހަކަށްވެސް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހަކީ ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 7 ވަނަ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "ސިއްހަތަށްޓަކައި އެކުގައި ސައިންސާއެކު ސާބިތުވެ ތިބެމާ" މިއެވެ. މި ޝިއާރުގެ ދަށުން މިއަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ސައިންސްސިއްހަތުސިއްހީ ދާއިރާމެޑަމް ސާޖިދާ މުހައްމަދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް އިލްތިމާސްކުރައްވައިފި

1 ދުވަސް ކުރިން - 13:53

ނަފުސާނީ ދުޅަހެޔޮކަމަށް އޯގާތެރި މާހައުލެއް ބޭނުންވޭ: ވަޒީރު ގީލާ

7 ދުވަސް ކުރިން - 14:38

އުރަމަތީގެ ކެންސަރު ސްކްރީނިންގ ހެދުން ފަސްނުކުރުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރައްވައިފި

8 ދުވަސް ކުރިން - 13:20

ށ. ނަރުދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

12 ދުވަސް ކުރިން - 16:24

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

21 ދުވަސް ކުރިން - 15:25

ފުރަތަމަ ނިއޯކެއަރ ބުލެޓިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާހްކޮށްދެއްވައިފި

25 ދުވަސް ކުރިން - 14:59