ޣައްޒާގައި ރޯދަ ވީއްލާކަށް ކަދުރެއް ނެތް

ހުސައިން އިސްމާއިލް | 11 ގަޑިއިރު ކުރިން - 17 ފެބްރުއަރީ 2026 16:25
ކުއްލި ޚަބަރު: ޣައްޒާއަކު ރޯދަ ވީއްލާކަށް ކަދުރެއް ނެތް
ކުއްލި ޚަބަރު: ޣައްޒާއަކު ރޯދަ ވީއްލާކަށް ކަދުރެއް ނެތް
ޚުލާސާ

ޣައްޒާގެ 98 ޕަސަންޓް ކަދުރު ރުއްތައް ކަނޑައި، މުލުން ލުހެ، ހުރިހާ ކަދުރެއް ވަނީ ގެންގޮސްފަ.

ކަދުރު ތިޔާގި ޣައްޒާގައި މިފަހަރުގެ ރަމަޟާން މަސް ބޯމަތިވެފައި ވާއިރު، ރޯދަ ވީއްލާކަށް ކަދުރެއް ނެތް ކަމަށް ދެންމެ ބުނެފިއެވެ.

ޣައްޒާގެ މަސްދަރަކުން ބުނީ މަދުވެގެން 240،000 ކަދުރު ރުއް އެ ސިޓީގައި ހުރި ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 180،000 ގަހަކީ ބަރާބަރަށް ކަދުރު ލިބޭ ރުއްތައް ކަމަށް ރެކޯޑް ކުރެވިފައި ވިޔަސް، މިހާރު އެ ހުރިހާ ރުކެއް ޔަހޫދީން ވަނީ ކަނޑައި، މުލުން ލުހެލައި އަދި ކަދުރުތައް ވެސް އިސްރާއީލަށް ގެންގޮސްފައެވެ. ޔަހޫދީ ޒައެނިސްޓުން މިކަން ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރުގެ ކުރިންނެވެ.

ސެޓެލައިޓް ފޮޓޯތަކުން ވެސް ދައްކާ ގޮތުގައި ޣައްޒާގެ 97–98 އިންސައްތަ ދަނޑުތައް ވަނީ ހަލާކުވެފައެވެ. އޭގެ ތެރޭގައި ކަދުރާއި، ޒައިތޫނި ހިމެނެއެވެ.

ޣައްޒާގެ ގިނަ ސަރަހައްދުތަކުގައި މިފަހަރު ރޯދަ ވީއްލަން ޖެހޭނީ ފެނުން ކަމަށާއި، ޙަލަތު ބަދަލުވާނީ އެހީގެ ސާމާނުތައް ވެއްދިގެން ކަމަށް އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކުން ބުނެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%