Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދޭން ގާނޫނަށް އިސްލާހެއް

އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދޭން ގާނޫނަށް އިސްލާހެއް

މުހައްމަދު ޖަމްޝަތު
202 ދުވަސް ކުރިން - 17 ފެބްރުއަރީ 2026 09:34
މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގައިދިޔަ އެކްސިޑެންޓެއް---ފޮޓޯ: ޚުލާސާ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގައިދިޔަ އެކްސިޑެންޓެއް---ފޮޓޯ: ޚުލާސާ
ޚުލާސާ

މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ

އެކްސިޑެންޓެއްގައި އުޅަނދު ދުއްވާ މީހާއާއި އެ އުޅަނދަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން، ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސެއް ތައާރަފު ކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

މި އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވަނީ، ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ 3 ވަނަ ފަރާތުގެ އިންޝުއަރެންސް ނިޒާމުގެ ސަބަބުން، އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބުމުގައި ހުރަސްތަކެއް ހުރުމެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ އެކްސިޑެންޓެއްގެ ސަބަބުން އުޅަނދަށާއި ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބޭނެ ހަރުދަނާ އުސޫލެއް ގާއިމުކުރުމެވެ.

Advertisement

Advertisement 1

މި ބިލުގައިވާ ގޮތުން، އެއްގަމު އުޅަނދު ދުއްވަން ވާނީ އެކްސިޑެންޓެއް ވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ލިބޭ ގެއްލުމުގެ އިތުރުން، އެކްސިޑެންޓުވީ އުޅަނދަށާއި އުޅަނދު ދުއްވި މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދޭނެ ފަދަ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސެއް ކުރުމަށް ފަހުގަ އެވެ. އަދި މިކަމާ ގުޅޭ ގަވާއިދު، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމުކުރަން ޖެހޭނެ ކަމަށްވެސް ބިލުގައިވެ އެވެ.

މި ބިލުގައި ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސްގެ ގޮތުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  1. އެކްސިޑެންޓެއްގެ ސަބަބުން 3 ވަނަ ފަރާތެއް މަރުވުން، ޖިސްމާނީ ހާނިއްކައެއް ވުން ނުވަތަ މުދަލަށް ލިބޭ ގެއްލުމަށް ޒިންމާވުން.
  2. އަމިއްލަ އުޅަނދަށް ލިބޭ ސީދާ ގެއްލުމާއި އުޅަނދު ފުރޮޅައިލުމުގެ ސަބަބުން ލިބޭ ގެއްލުންތައް.
  3. އަލިފާނުގެ ހާދިސާތަކާއި، ވައްކަން ކުރުމާއި، ގަސްތުގައި ދޭ ގެއްލުންތައް.
  4. ފެންބޮޑުވުމާއި ތޫފާން ފަދަ ގުދުރަތީ ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް.

މިފަދަ އިސްލާހެއް ހުށަހަޅާފައި މިވަނީ ރާއްޖޭގައި، ހާއްސަކޮށް މާލެއާއި އައްޑޫ ފަދަ އާބާދީ ބޮޑު ސިޓީތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 400 އަށް ވުރެ ގިނަ ޓްރެފިކް އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްއެކްސިޑެންޓްމަގުމަތީގެ އެކްސިޑެންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

20 ގަޑިއިރު ކުރިން - 13:20

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

4 ދުވަސް ކުރިން - 10:57

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

5 ދުވަސް ކުރިން - 10:34

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

6 ދުވަސް ކުރިން - 16:42

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

6 ދުވަސް ކުރިން - 13:11

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނާ ހޯދައި، ލައިސަންސް ހިފަހައްޓާ ސައިކަލު ޓޯކޮށްފި

ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނާގެ ސައިކަލް ފުލުހުން ހިފަހައްޓައިފި

6 ދުވަސް ކުރިން - 13:08