ތުރްކިޔޭ އިން ނިއުކްލިއާ ބޮން ހޯދައިފާނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފި

ހުސައިން އިސްމާއިލް | 15 ގަޑިއިރު ކުރިން - 17 ފެބްރުއަރީ 2026 12:04
ތުރްކިޔޭ އަށް ނިއުކްލިއާ ބޮން އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ އިސްރާއީލުން “އެލާޓް” ވެއްޖެ.
ތުރްކިޔޭ އަށް ނިއުކްލިއާ ބޮން އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ އިސްރާއީލުން “އެލާޓް” ވެއްޖެ.
ޚުލާސާ

މިސްރާއި ތުރްކިޔޭ ފަދަ ސަރަހައްދީ ބާރުތަކުން ސިއްރުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިސްރާއީލުން ބުނެފި

ތުރްކިޔޭ އިން ސިއްރިޔާތުގައި ނިއުކްލިއާ ހަތިޔާރު ހޯދަފާނެ ކަމާއި މެދު ވިސްނަން ޖެހޭ ކަމަށް ބުނެ އިސްރާއީލުގެ ރަފައެލް އެޑްވާންސްޑް ޑިފެންސް ސިސްޓަމްސްގެ ޗެއާމަން ޔޫވަލް ސްޓޭއިންޓްޒް އިންޒާރު ދީފިއެވެ. އޭނާ ބުނީ މިސްރާއި ތުރްކިޔޭ ފަދަ ސަރަހައްދީ ބާރުތަކުން ސިއްރުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އޭނާ މިހެން ބުނެފައި ވަނީ އީރާނުގެ ނިއުކްލިއާ ހަރަކާތްތަކަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ދަނޑިވަޅެއްގައެވެ.

ތުރްކިޔޭ އަކީ މެދުއިރުމަތީގައި އޮތް އެންމެ ބޮޑު އަސްކަރިއްޔާއެވެ. އަދި އެމެރިކާ ފިޔަވައި މުޅި ނޭޓޯގައި ވެސް އޮތް އެންމެ ބިޔަ ލަޝްކަރެވެ.

ސޯވިއެޓް ދުވަސްވަރުގެ 90 ނިއުކްލިއާ ބޮން ތުރްކިޔޭގައި އެބަހުއްޓެވެ. ނަމަވެސް އެއީ އެމެރިކާ އިން ބަހައްޓާފައިވާ ތަކެއްޗެވެ. އަދި އެ ބޮންތައް ކޮންޓްރޯލް ކުރަނީ ވެސް އެމެރިކާ އިންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%