ޣައްޒާ ހަނގުރާމަ: ފަލަސްޠީނުގެ 1007 އެތުލީޓުން މަރުވި

ހުސައިން އިސްމާއިލް | 1 ގަޑިއިރު ކުރިން - 16 ފެބްރުއަރީ 2026 01:56
ވީރާނާ ކޮށްލާފައިވާ ޣައްޒާ - ޔަހޫދީން ވަނީ ޣައްޒާގެ ކުޅިވަރުކުޅޭ 265 ތަނެއް ހަލާކު ކޮށްލާފަ.
ވީރާނާ ކޮށްލާފައިވާ ޣައްޒާ - ޔަހޫދީން ވަނީ ޣައްޒާގެ ކުޅިވަރުކުޅޭ 265 ތަނެއް ހަލާކު ކޮށްލާފަ.
ޚުލާސާ

ޔަހޫދީން ވަނީ ޣައްޒާގެ 1007 އެތުލީޓުން މަރާލައި 265 އެތުލީޓުން ޒަޚަމްކޮށް، ކުޅިވަރުކުޅޭ 265 ދަނޑާއި ކޯޓު ހަލާކު ކޮށްލާފައި.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ފަލަސްތީނުގެ 1،007 އެތުލީޓުން މަރުވެ 265 ފެސިލިޓީ ހަލާކުވެފައިވާ ކަމަށް ފަލަސްތީނުގެ އޮލިމްޕިކް ކޮމިޓީން މިއަދު ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޓީގެ ނައިބު ރައީސް އަސަދު އަލް މަޖްދަލާވީ ވިދާޅުވީ މަރައިލި އެތުލީޓުންގެ ތެރޭގައި 45 އަންހެނުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޣައްޒާގެ އެކި ސަރަހައްދުގައި ހުރި 265 ކުޅިވަރު ފެސިލިޓީއަކަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި 184 ތަނެއް ވަނީ މުޅިން ފުނޑުފުނޑު ކޮށްލާފައެވެ.

ސަޢޫދީ ޢަރަބިއްޔާ އިން އެމެރިކާ އަށް ކުރި ފިއްތުންތަކުގެ ސަބަބުންނާއި އެކު އެމެރިކާ ސަރުކާރުން ނަތަންޔާހޫ އާއި ވާހަކަ ދައްކައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދީ މިދިޔަ އަހަރުގެ އޮކްޓޯބަރު 10 ގައެވެ. އެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާ އަށް އެތައް ފަހަރަކު ބޮން އަޅާފައެވެ. އެ ޙަމަލާތަކުގައި 603 މީހުން މަރުވެ 1،618 މީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%